އޭސް ހާޑްވެއާ އަދި ކަލަ ބޭންކުގެ ”އެންމެންގެ ރޯދަ ސޭލް“ ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔާ ހޮވައިފިއެވެ.
”އެންމެންގެ ރޯދަ ސޭލް“ގެ ނަމުގައި ކުރިއަށްގެންދާ މި ސޭލުގައި ކުރާ ކޮންމެ 300 ރުފިޔާ އިން މަތީގެ ވިޔަފާރިއަކާ އެކު ގުރުއަތުގައި ބައިވެރިވެވޭނެ އެވެ. މި ޕްރޮމޯޝަނުގެ ދަށުން އޭސް ހާޑްވެއާ އަދި ކަލަބޭންކުގެ ފިހާރަތަކުން ވިޔަފާރިކޮށްގެން ގުރުއަތުން ހޮވޭ ފަރާތަކަށް ވިހި ހާސް ރުފިޔާ ލިބޭނެ އެވެ. އަދި ކޮންމެ 10 ދުވަހަކުން މި ގުރުއަތުލުން ބާއްވާނެ އެވެ.
މިމަހުން ފެށިގެން އަންނަ އޭޕްރީލް މަހުގެ ނިޔަލަށް ކުރިއަށްގެންދާ ރޯދަ ޕްރޮމޯޝަނުގައި އޭސްހާޑްވެއާ އަދި ކަލަބޭންކުގެ ފިހާރަތަކުން ވިއްކާ އުފެއްދުންތަކަށް 90 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. މި ޕްރޮމޯޝަން އޭސް ހާޑްވެއާގެ ދެފިހާރައިގެ އިތުރުން ކަލަބޭންކގެ ކުލަ ފިހާރަތަކާއި ކަލަބޭންކް ހޯމްގައި ވެސް ކުރިއަށް ދާނެ އެވެ. އޭސް ހާޑްވެއާ އަދި ކަލަބޭންކުން ރޯދަ އާ ދިމާކޮށް ކުރިއަށްގެންދާ ޕްރޮމޯޝަން ސޯޝަލް މީޑިއާގައި ވެސް ކުރިއަށްދާނެ އެވެ. ކަލަބޭންކް އަދި އޭސް ހާޑްވެއާގެ ފޭސްބުކް ޕޭޖުތަކުގައި މި ޕްރޮމޯޝަންތައް ކުރިއަށް ދާނެ އެވެ.
އޭސް ހާޑްވެއާގެ ފިހާރައެއް ރާއްޖޭގައި ފުރަތަމަ ހުޅުވި 2011 ވަނަ އަހަރު އެވެ. އެމެރިކާގެ ޗިކާގޯގެ އޭސް އިންޓަނޭޝަނަލް އާއި ރާއްޖޭގެ ކޯ ލޯޑް މޯލްޑިވްސް ގުޅިގެންނެވެ.

