ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް، ޕީއެސްއައިޕީގައި ނުހިމެނޭ ޚަރަދުތައް ކުޑަކުރާނެ!

ރައީސް، ސޯލިހް ގައުމާއި މުހާތަބުކޮށް މިއަދު ވާހަކަ ދެއްކެވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ތަރައްޤީގެ މަޝްރޫޢުތައް މިހާރުވެސް ރޭވިފައި ހުރި ގޮތަށް ކުރިއަށް ދާނެކަމަށާއި، އެހެން ނަމަވެސް ސަރުކާރުން ހިންގާ ޕަބްލިސް ސާވިސް އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގައި ނުހިމެނޭ ޚަރަދުތައް ކުޑަކުރުމަށް ނިންމާފައިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް ބޮޑު ބަލިމަޑުކަމަކަށް ބަދަލުވެފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ އިއުލާނުކޮށްފައެވެ. އަދި މި ވައިރަސްގެ ޕޮޒިޓިވް އަށް ކޭސް ފެނިފައިވާއިރު، ރާއްޖެއަށް ވެސް ވައިރަހުގެ ސަބަބުން އޮތް ނުރައްކާ ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. ކޮރޯނާ ވައިރަސް ރާއްޖެއަށް ފެތުރިޔަ ނުދިނުމަށްޓަކާ ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ވެސް ކުރަމުންނެވެ.

ވައިރަސް އާއި ގުޅިގެން، ރައީސް ސޯލިހް ވަނީ ގައުމާއި މުހާތަބު ކުރައްވާ ވާހަކަ ދައްކަވާފައެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ރޯގާ ނުވަތަ ނުރައްކާތެރި ކޮރޯނާ ވައިރަސްގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑު ހީނަރުކަމެއް އަންނާނެ ކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ. ރައީސް ސޯލިހް ރޯގާގެ ސަބަބުން އިގުތިސާދަށް އެންމެ ބޮޑަށް ލޮޅުން އަރާ ގައުމުތަކުގެ ތެރޭގައި ރާއްްޖެ ހިމެނޭނެ ކަމަށް ދުނިޔޭގެ މާލީ އިދާރާތަކުން ލަފާކުރާކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ މި މަހުގެ ފުރަތަަމަ 10 ދުވަހުގެ ތެރޭގައި ވެސް ރާއްޖޭގެ ޓޫރިޒަމް މިދިޔަ އަހަރާ އަޅާބަަލާއިރު 22.8 އިންސައްތަ ދަށަށް ގޮސްފައިވާ ކަަމަށެވެ. އެގޮތުން މިދިޔަ ފެބްރުއަރީ މަހުގެ 26 އިން ފެށިގެން މިހާތަނަށް 161،740 (އެއްލަކަ ފަސްދޮޅަސް އެއްހާސް ހަތްސަތޭކަ ސާޅީސް) ބެޑް ނައިޓް ކެންސަލް ވެފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ ދުނިޔޭގެ މާލީ އިދާރާތަކުގެ ދިރާސާތައް ދައްކާ ގޮތުން، ވައިރަސްގެ ސަބަބުން އިގުތިސާދަށް އެންމެ ބޮޑަށް ލޮޅުން އަރާނެ ގައުމެއްގެ ގޮތުގައި ރާއްޖެ ފާހަގަކުރެވޭ ކަމަށެވެ. އަދި ބުކިންތައް ކެންސަލްވަމުންދާ ނިސްބަތަށް ބަލާއިރު، މިއަހަރުގެ ތެރޭގައި ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު، މިދިޔަ އަހަރާ އަޅައި ބަލާއިރު، 12 އިންސައްތަ އާއި 35 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށަށް ދާނެ ކަމަށް ލަފާކުރެވޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”ބުކިންތައް ކެންސަލްވަމުންދާ ނިސްބަތަށް ބަލާއިރު، މިއަހަރުގެ ތެރޭގައި ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު، މިދިޔަ އަހަރާ އަޅައި ބަލާއިރު، 12 އިންސައްތަ އާއި 35 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށަށް ދާނެ ކަމަށް ލަފާކުރެވޭ.“ ރައީސް ސޯލިހް

ަރައީސް ވިދާޅުވީ މި އަހަރުގެ ތެރޭގައި އާމްދަނީ ލިބޭނެ ކަމަށް ލަފާކުރި ޢަދަދަށް ވުރެ، 2.1 ބިލިއަން ރުފިޔާ އާއި 6.9 ބިލިއަން ރުފިޔާގެ މިންވަރެއް ދަށްވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. ރައީސް ވިދާޅުވީ ދަތިތަކާއި ދިމާވީ ނަމަވެސް ސަރުކާރުން މަސައްކަތް ކުރަމުން ދަނީ، ރައްޔިތުންނަށް ދެމުން އަންނަ އެއްވެސް ޚިދުމަތަކަށް، ހުއްޓުމެއް އަޔަ ނުދިނުމަށް ކަމަށެވެ. އަދި ރާއްޖޭގެ އެއްވެސް ރަށަކުން ކާޑުގެ ބާވަތްތައް، އިރާދަކުރެއްވިއްޔާ ހުސް ނުވާނެކަމުގެ ޔަޤީންކަން ދެއްވާ ރައީސް ސޯލިހް ވަނީ އެސްޓީއޯ އޮތީ ފުރިހަމައަށް ތައްޔާރަށްކަން ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި ރާއްޖެއަށް ބޭނުންވާ ބޭހުގެ ސާމާނުވެސް ދަތިކަމެއް ނެތި ލިބޭނެ އިންތިޒާމްތައް ހަމަޖެހިފައިވާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރާއްޖެއަށް ތިން މަސްދުވަހަށް ފުދޭ މިންވަރަށް، ބޭހުގެ އެހީ ފޯރުކޮށްދޭން އަވައްޓެރި އިންޑިޔާއިން ނިންމާފައިވާކަން ހާމަކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ، ޕްރޮފެޝަނަލް ޑޮކްޓަރުންގެ ޓީމެއް ފޮނުވުމަށް އިންޑިއާއިން ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ. އޭގެ އިތުރުން އެހެން ގައުމުތަކުގެ އެހީތެރިކަން ވެސް ރާއްޖެއަށް ލިބެމުންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”މި ދަތިތައް ކުރިމަތިވިޔަސް، މާތް ﷲގެ ވާގިފުޅާ އެކު ސަރުކާރުން މަސައްކަތް ކުރަމުން މިއަންނަނީ، ރައްޔިތުންނަށް ދެމުން އަންނަ އެއްވެސް ޚިދުމަތަކަށް، ހުއްޓުމެއް އަޔަ ނުދިނުމަށް،“ ރައީސް

ރައީސް ސޯލިހް ވިދާޅުވީ ކޮރޯނާ ވައިރަަސްގެ ނުރައްކާތެރިކަން ރާއްޖޭގައި އޮތް ކަމުގައި ވިޔަސް، ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަކުރަން ނިންމާފައި ނުވާނެ ކަމަށެވެ. ސަރުކާރުން މަސައްކަތް މިކުރަނީ، ރާއްޖޭގައި މިހާރު ފަށާފައިވާ ތަރައްޤީގެ އެއްވެސް މަޝްރޫޢެއް މެދުކަނޑާނުލައި ކުރިއަށް ގެންދިއުމަށް ކަމަށާއި، ތަރައްޤީގެ މަޝްރޫޢުތައް މިހާރުވެސް ރޭވިފައި ހުރި ގޮތަށް ކުރިއަށް ދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެން ނަމަވެސް އެހެން ނަމަވެސް ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ބައެއް ފިޔަވަޅުތައް އަޅަން ސަރުކާރުން އަޅަންފަށާފައިވާކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ހިންގާ ޕީއެސްއައިޕީގައި ނުހިމެނޭ ޚަރަދުތައް ކުޑަކުރަން ނިންމާފައިވާ ކަމަށާއި، ސަރުކާރުން ކުރާ ދަތުރުތަކާއި މުއައްސަސާތަކުން ކުރަންޖެހޭ މަރާމާތާއި އެފަދަ ބައެއް ޚަރަދުތައް ވެސް މިވަގުތަށް ކުޑަކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން ވިޔަފާރިތަކަށް، ޚާއްޞަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް، ލިބިދާނެ ގެއްލުންތަކުން އަރައިގަތުމުގައި އެހީތެރިވެދެވޭނެ ގޮތެއް ހޯދުމަށް، ރާއްޖޭގައި ހިންގާ ބޭންކްތަކާ އެކު މަރުކަޒީ ބޭންކު އެމްއެމްއޭއިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭން ބޭރުން ލޯނު އެހީ އާއި ހިލޭ އެހީ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މިކަމުގައިވެސް އެކުވެރި ޤައުމުތަކުންނާއި މާލީ އިދާރާތަކުން އެހީވާނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: