ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިން ރިސޯޓުން، ޕޮޒިޓިވް ވީ މީހުންނާއި ކޮންޓެކްޓުވެފައި ނެތް 246 ޓޫރިސްޓުން ފުރުވާލައިފި

ތިން ރިސޯޓުން، ޕޮޒިޓިވް ވީ މީހުންނާއި ކޮންޓެކްޓުވެފައި ނެތް 246 ޓޫރިސްޓުން ފުރުވާލައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

ނުރައްކާތެރި ކޮރޯނާ ވައިރަސްގެ ޕޮޒިޓިވް ކޭސް ފެނުނު، ތިން ރިސޯޓުން މިހާތަނަށް 246 ފަތުރުވެރިއަކު ފުރުވާލާފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ރައްޖެއިން ކޮރޯނާ ވައިރަސް ފެނިފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓާއި ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓާއި ކުރަމަތި އައިލެންޑް ރިސޯޓެވެ. އެ ތިން ރިސޯޓުގެ ކޮންޓެކްޓު ޓެރޭސިން ހެދުމަށް އާރާ ފޭބުން ބަންދުކުރުމަށްފަހު މިހާރު ވަނީ ހުޅުވާލާފައެވެ. އެހެން ނަމަވެސް ތިން ރިސޯޓުގެ ވެސް ވަކި ސަރައްހައްދެއް ވަނީ ބަންދު ކުރެވިފައެވެ. ބަންދުކޮށްފައިވާ ސަރަހައްދުގައި ތިބީ، އައިސޮލޭޓުކޮށްފައިވާ މީހުންނެވެ.

ކޮރޯނާ ވައިރަސް އާއި ގުޅިގެން ކުރިޔަށް ގެންދާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން، މިރޭ ބޭއްވި ބައްދަލުވުމުގައި މީޑިއާއަށް މައުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ޅ. އަތޮޅު ކުރެއްދޫ ރިސޯޓުން މިހާތަނަށް 104 ޓޫރިސްޓުން ފުރާފައިވާ ކަމަށެވެ. އަދި ބަތަލާ ރިސޯޓުން 15 ޓޫރިސްޓަކާއި ކުރަމަތި ރިސޯޓުން 127 ޓޫރިސްޓުން ފުރާފައިވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ ފުރުވާލާފައިވަނީ، ކޮންޓެކްސްޓް ޓްރޭސިންގައި އެ މީހުންނާއި ޕޮޒިޓިވް ވީ މީހުންނާއި ކޮންޓެކްޓު ވެފައި ނުވާ މީހުން ކަމަށެވެ. އަދި އެ މީހުން ފުރުވާފައިވަނީ ވެސް ސްކްރީން ކުރުމަށްފަހުގައިކަން މަބްރޫކް ފާހަގަކުރެއްވިއެވެ. މަބްރޫކް ވިދާޅުވީ އެ މީހުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގެނައިއިރު ފުލުހުންވެސް ހަރަކާތްތެރިވަމުން ދިޔަ ކަމަށެވެ.

ކުރެއްދޫއިން ޓޫރިސްޓުންތަކެއް ފުރާފައިވާއިރު އެ ރަށުގައި އެކަހެރިކޮށްފައި ތިބި 10 މީހެއްގެ ފަރާތުން ޝައްކުވާ ކަންތަކެއް ފާހަގަވާތީ އެ މީހުންގެ ސާމްޕަލް ވަނީ ނަގާފައެވެ.

ކުރެއްދޫ ރިސޯޓަށް ކޮރޯނާ ވައިރަސް ފެތުރުނީ އެ ރަށުގައި ޗުއްޓީ ހޭދަކުރި އިޓަލީ ޓޫރިސްޓެއްގެ ފަރާތުންނެވެ. އިޓަލީ ޓޫރިސްޓް، ކޮރޯނާ ވައިރަސްގެ އަލާމާތްތައް ހުއްޓައި އޭނާއަށް ރާއްޖެ އެތެރެވެވި އަދި އޭނާ ފުރުނު މައްސަލާގެ ޖިނާއީ ތަހުގީގެއް މިހާރު ވަނީ ފަށާފަ އެވެ. އޭނާ ވަނީ މާލޭގެ މާގިރި ހޮޓެލްގައި ދެ ދުވަހު މަޑުކޮށްފަ އެވެ. އެއީ އޭނާ ފުރަން ދިޔުމުން އޭނާ ހާލަތު ހުރި ގޮތުން ފްލައިޓަށް ނޭރުވުމުންނެވެ. އޭނާ ޓިކެޓް ގަންނަން ދިޔަ އޮފީހުގެ މުވައްޒަފެއްގެ ފަރާތުން ވެސް އަލާމާތްތައް ފެނުނެވެ. ނަމަވެސް އޭނާގެ ނަތީޖާ ނެގަޓިވް އެވެ. އެ ޓޫރިސްޓުގެ ފަރާތުން ކުރެއްދޫ ރިސޯޓްގެ ދެ ބިދޭސީ މުވައްޒަފަކަށް ކޮރޯނާ ވައިރަސް ފެތުރިފައިވެ އެވެ. އަދި އޭގެ ފަހުން އެ ރިސޯޓްގައި ތިބި އިޓަލީގެ ދެ ޓޫރިސްޓެއްގެ ފަރާތުން ވެސް ކޮރޯނާ ވައިރަސް ވަނީ ފެނިފަ އެވެ. އެމީހުން މިހާރު ތިބީ ފަރުކޮޅުފުށީގަ އެވެ.

ވައިރަހަށް ޕޮޒިޓިވް ވީ އަށް މީހުންގެ ވެސް ހާލު ރަނގަޅު ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ. ޕޮޒިޓިވްވެފައިވާ 70 އަހަރުން މަތީގެ ދުވަސްވީ ބިދޭސީއަކު އިތުރަށް މޮނީޓާ ކުރަން ޖެހޭތީ ދަރުމަވަންތަ ހޮސްޕިޓަލަށް ވަނީ ބަދަލުކޮށްފައެވެ. ދަރުވަމަންތަ ހޮސްޕިޓަލަށް ބަދަލު ކުރަން ނިންމާފައިވަނީ ބަތަލާ ރިސޯޓްގައި ޗުއްޓީ ހޭދަ ކުރަމުން ދަނިކޮށް ކޮރޯނާއަށް ޕޮޒިޓިވްވި ދެމަފިރިންގެ ތެރެއިން 70 އަހަރުގެ ފިރިހެން މީހާ އެވެ. އެމީހާ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11 ފެސިލިޓީއަށް ބަދަލުކުރަނީ އޭނާ އިތުރަށް މޮނީޓާކުރުމަށް ޖެހޭ ކަމަށް މެޑިކަލް ޓީމަށް ފެންނާތީ އެވެ.

މިރޭގެ ޕްރެސްކޮންފަރެންސްގައި އެޗްޕީއޭއިން ބުނެފައިވަނީ އުމުރުން ދުވަސްވީ މީހާ ކައިރިން މޮނީޓާރ ކުރަނީ ހައިރިސްކު ކެޓަގެރީގެ މީހަކަށްވާތީ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: