ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޯލްޑް ކަޕް މެޗުތައް ބޮޑު ސްކްރީންގައި އެޅުވުމުގެ ހުއްދަ ދޭން މާލެ ސިޓީ ކައުންސިލުން ނިންމައިފު

ފޮޓޯ : ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގެ މެޗުތައް މާލޭގެ އެކި ސަރަހައްދުތަކުގައި ބޮޑު ސްކްރީން ބަހައްޓައިގެން ދެއްކުމަށް ބޭނުންވާ ފަރާތްތަކަށް އެ ހުއްދަ ދިނުމަށް މާލެ ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ.

މިގޮތަށް ފާސްކޮށްފައިވަނީ މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ ރަސްމީ އާންމު ޖަލްސާގައެވެ.

މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ވޯލްޑް ކަޕް މެޗުތައް މާލޭގެ އެކި ސަރަހައްދުތަކުގައި އެޅުވުމަށް އެދި އެކި ފަރާތްތަކުން ހުށަހެޅުންތައް ލިބެމުންދާ ކަމަށެވެ. އަދި މި ޕްރޮޕޯސަލްތައް ހުށަހަޅާފައިވަނީ އެ ފަރާތްތަކުގެ އަމިއްލަ ހަރަދުގައި އެކަން ކުރުމަށް ކަމަށްވެސް މޭޔަރު ފާހަގަކުރެއްވިއެވެ.

ކައުންސިލް މެންބަރުން ފާހަގަ ކުރި ގޮތުގައި އަމިއްލަ ހަރަދުގައި ބަޔަކު މިފަދަ ކަމެއް ކުރަން ބޭނުންވާ ނަމަ އެކަމަށް ހުއްދަ ދިނުމަށް އިއުތިރާޒެއް ނެތް ނަމަވެސް، މިކަން ކުރަންވާނީ ކޮލިޓީ ހިފެހެއްޓޭ ގޮތަށް، ފުރިހަމަ އިންތިޒާމުތަކަކާއެކުގައެވެ.

ކައުންސިލުން ބުނި ގޮތުގައި ހުއްދަ ދިނުމުގައި ބަލާނެ މުހިންމު ކަންތައްތަކުގެ ތެރޭގައި ހަމައެކަނި ޕްރޮޖެކްޓަރެއް ބަހައްޓައިގެން މެޗު ދެއްކުމުގެ ބަދަލުގައި، ފުޓުބޯޅަ އީދެއްގެ ސިފަ ޖެހޭނެ ފަދަ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ. އަދި ގިނަ އަދަދެއްގެ މީހުން އެއްވާނެތީ، ތޮއްޖެހުން ކުޑަކޮށް، އަމާންކަމާއެކު މެޗު ބެލޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި، ކައިރީގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް އުނދަގޫ ނުވާނެ ގޮތަކަށް ކަންކަން ރޭވުން ހިމެނެއެވެ.

މޭޔަރު އާޒިމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި ފުރުސަތަކީ ވަކި ދާއިރާއަކަށް ނުވަތަ އަވަށްތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ ކަމަކަށް ހެދުމުގެ ބަދަލުގައި، މުޅި މާލޭގެ މުޖުތަމައު އެކުވެރިކަމާއެކު ބައިވެރިވުމުގެ މަގުސަދުގައި ކުރާ ކަމެކެވެ. ”އަމާޒަކީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ހުރިހާ ސަރަހައްދެއްގެ ރައްޔިތުންނަށް ވެސް އެކަކު އަނެކަކާ ބައްދަލުވެ، އެކުވެރި މާހައުލެއްގައި މި މުބާރާތުގެ ފޯރި ތަޖުރިބާކުރެވޭނެ ފަދަ މާހައުލެއް ބިނާކުރުން،“ މޭޔަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: