ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސްގެ އަށް ކޭސްއެއް ރާއްޖެއިން ފެނިފައިވާއިރު، އެ ވައިރަސްގެ އިތުރު ކޭސްއެއް އަޔަ ނުދިނުމަށްޓަކާ އަޅާ ފިޔަވަޅުތަކުގެ ދަށުން ޖުމްހޫރީ މައިދާން ހިމެނޭ ގޮތުން މާލޭގެ ހުރިހާ ޕާކްތަކާއި މައިޒާންތައް އާންމުންނަށް ބަންދުކުރަން ނިންމައިފި އެވެ.
ނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް ބޮޑު ބަލިމަޑުކަމަކަށް ބަދަލުވެފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ އިއުލާނުކޮށްފައެވެ. އަދި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި ވަނީ އިއުލާނުކޮށްފައެވެ.
ރާއްޖޭގެ ރިސޯޓުތަކުން ވައިރަހަށް ޝައްކުވާ ފަތުރުވެރިން، ޓެސްޓުކޮށް އެ މީހުންގެ ކޮންޓެކްޓް ޓްރޭސް ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރިޔަށެވެ.
މާލޭގައި ވައިރަސް އާއި ގުޅިގެން އަޅާ ފިޔަވަޅުތައް ބަޔާންކޮށް، މާލޭ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ހުކުރު ދުވަހުން ފެށިގެން ޖުމްހޫރީ މައިދާނާއި، ސަލްޓަންޕާކް އަދި މާލޭގެ ހުރިހާ ޕާކްތަކެއް އާންމުންނަށް ވަގުތީ ގޮތުން ބަންދުކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެތަންތަން ބަންދުކުރަން ނިންމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ސަރުކާރުން އިއުލާންކޮށްފައި ވާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް ވެސް ސިޓީ ކައުންސިލްގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
މާލޭގެ ޕާކުތައް ފާހަގަކުރެވެނީ، ބަންދު ދުވަސްތަކުގައި ފުރި ބާރުވާ ތަންތަން ގޮތުގައެވެ. އަދި ހާއްސަކޮށް ޖުމްހޫރީ މައިދާން އަދި ސަލްޓަން ޕާކަކީ، ކޮންމެ ހުކުރު ދުވަހަކު ގިނަ އަދަދެއްގެ ބިދޭސީން ޖަމާވާ ތަނެކެވެ. އަދި މާލޭގެ ރާޅުގަނޑު ސަރަހައްދު ވެސް ފާހަގަކުރެވޭނީ ގިނަ ބިދޭސީން ހުކުރު ދުވަހު ދާ ތަނެއްގެ ގޮތުގައެވެ.
ރާއްޖެއިން ކޮރޯނާ ވައިރަސް ޖެހިފައިވާ އަށް މީހަކު ފެނި، އެ ވައިރަސް އިތުރަށް ފެތުރިގެން ނުދިޔުމަށް ހާއްސަ ފިޔަވަޅުތަކެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އަޅައިފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ރިސޯޓްތަކާއި، ސަފާރީތަކުން މީހުން އުޅޭ ރަށްރަށަށް ފަތުރުވެރިން އެކްސްކާޝަންއަށް ގެންދިން ހުއްޓާލުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން ރަށްރަށުގެ ގެސްޓްހައުސްތަކުގައި ތިބޭ ފަތުރުވެރިން ރިސޯޓްތަކަށާއި ސަފާރީތަކަށް ގެންދިޔުން ހުއްޓާލުމަށްވެސް އެ އޮތޯރިޓީގެ އެންގުމުގައި ވެއެވެ.
މީގެ އިތުރުން، ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން ގާނޫނުގެ ދަށުން އޭޕްރިލް 18 އަށް ވަނީ ފަސްކޮށްފައެވެ. އެއީ އިންތިހާބު ބާއްވަންޖެހޭނެ ކަމަށް ގާނޫނުގައި ބުނާ އެންމެ ފަހު ތާރީހެވެ. އެހެން ކަމުން އިންތިހާބުގެ ތާރީހަށް ދެން ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން، ނުވަތަ ކޯޓު އަމުރަކުންނެވެ. އަދި ސްކޫލްތައް ހުޅުވުން ވެސް މި މަގުގެ 22 ވަނަ ދުވަހަށް ވަނީ ފަސްކޮށްފަ އެވެ.
https://twitter.com/MaleCitymv/status/1238181887601827840?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1238181887601827840&ref_url=https%3A%2F%2Fsangu.mv%2F3165
ހުން އައިސް ރޯގާ ޖެހިފައިވާ މީހުންނާއި ކުޑަކުދިން އަދި އުމުރުން ދުވަސްވީ ފަރާތްތްތައް ގިނައިން މީހުން ގޮސްއުޅޭ ސަރަހައްދުތަކަށް ނުދިއުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މިސްކިތްތަކުގެ ކާޕެޓްތައް ނެގުމުގެ މަސައްކަތް ކުރިޔަށްދާއިރު، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ ފަރާތްތައް ޖަމާއަތްތަކަށް ނުދިޔުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
ވައިރަހަށް ޕޮޒިޓިވް ވި އަށް މީހުންގެ ތެރެއިން ހަތަރު މީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީ ފަތުރުވެރިއެއްގެ ފަރާތުން ވައިރަސް ޖެހުނު މީހުނެވެ. އަނެއް ދެ ބިދޭސީންނަކީ ބަތަލާ އައިލެންޑް ރިސޯޓުގައި ތިބި ބައެކެވެ. ރާއްޖެއިން މި ބަލި ފެނުމުން، ރާއްޖޭގެ އެލާޓް ލެވަލް ވަނީ ވައިޓް އެލާޓުން ރީނދޫ އެލާޓަށް މަތިކޮށްފަ އެވެ. އެއަށްފަހު ދެން ކޮރޯނާ ވައިރަހަށް ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ ކުރަމަތި އައިލެންޑް ރިސޯޓްގައި ތިބި ދެ ފަތުރުވެރިއެކެވެ.
ކުރެއްދޫ ރިސޯޓް ލޮކްޑައުންގައި ބޭއްވުމަށްފަހު މިހާރު ވަނީ ހުޅުވާލާފަ އެވެ. ރިސޯޓް އާންމުކޮށް ހުޅުވާލީ އެ ރިސޯޓްގެ ވަކި ސަރަހައްދެއް ބަންދުކުރުމަށްފަހު އެވެ. އެ ސަރަހައްދުގައި ތިބެނީ އަލާމާތްތައް ފެނިގެން އެކަހެރިކޮށްފައި ތިބޭ މީހުންނެވެ. އަދި އެ ރިސޯޓުގެ އިތުރު 10 މީހެއްގެ ސާމްޕަލް ނަގާ، ވައިރަހަށް ޓެސްޓު ކުރުމުގެ މަސައްކަތް މިއަދު ކުރިޔަށް ގެންދިޔައެވެ.
ކުރެއްދޫ ރިސޯޓްގައި 699 ޓޫރިސްޓުންނާއި 270 ދިވެހި މުވައްޒަފުންނާއި 420 ބިދޭސީ މުވައްޒަފުން އެބަތިއްބެވެ. ޓޫރިސްޓުންނަށް ފޭބުމުގެ ހުއްދަ ދިން ނަމަވެސް މި ވަގުތަށް އެ ރިސޯޓަށް އާ ޓޫރިސްޓުން ނުގެންނާނެ އެވެ.

