ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުޞީބާތެއް ކުރިމަތިވުމުން ޢަމަލުކުރަންޖެހޭ ޝަރުޢީ ހަމަތައް ދެނެގަތުމަކީ މުހިންމުކަމެއް: ހުކުރު ޚުޠުބާ

ޝެއާރކޮށްލާ ކަހަލަދޯ؟

ބޮޑު މުޞީބާތެއްޖެހުމުން ނުވަތަ ބަލިމަޑުކަމެއްޖެހުމުން މުސްލިމުން ޢަމަލުކުރަންވީގޮތާއި، ޝަރުޢީހަމަތަށް ދެނެގަތުމަކީ މުހިއްމުކަމެއްކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. 

މި ފަދަ ދަނޑިވަޅުތަކުގައި ބައެއް މީހުން ހާސްވެ، ކަންބޮޑުވެ، މާޔޫސްވެ މާތްﷲގެ ރަޙްމަތުން އުއްމީދުކަނޑައިލާކަމަށާއި، ބައެއް މީހުންގެ އީމަންކަން ބަލިކަށިވެ މާތްﷲ އާއިމެދު ކުށްހީތައްކުރާކަމަށް ޚުތުބާގައިވަނީ އަލިއަޅުވައިލައިފައެވެ. އެހެންނަމަވެސް، މާތްﷲ ވަނީ ހުރިހައިކަމެއް މިންވަރުކުރައްވާފައިކަން ހިތުގެ އަޑިން ޤަބޫލުކުރަންޖެހޭކަމަށާއި، އެއީ އީމާންކަމުގެ ރުކުންތަކުގެތެރެއިން ރުކުނެއްކަން ޚުތުބާގައި ހަނދާންކޮށްދެއްވާފައިވެއެވެ.

މީގެ އިތުރުން، މިއަދުގެ ޚުޠުބާގައި ޒިކުރުކުރެވިގެންދިޔަ މުހިއްމު ނުކުތާތަކުގެތެރެގައި ވާގޮތުން، ދުނިޔޭގައި އިންސާނަ ހިތްނޭދޭ ކަންކަން ލައްވާފައިވަނީ އިލާހީ މަތިވެރި ޙިކުމަތަކަށްޓަކައިކަން އެންގެވިއެވެ. ހަމަ އެހެންމެ މިހިރަ މިހިރަ ކަންކަމަކީ، އެކަލާނގެ ޢަދުލުވެރި އިމްތިޙާނުތަކުގެތެރެއިންވާ ކަންތައްތައްކަމުގައި އެންގެވިއެވެ. ކަންމިހެން ހުރިއިރު މުސްލިމުންނަށް އޮތީ މިފަދަ ކަންކަމުން ޢިބްރަތް ހާސިލުކުރުންކަމަށާއި، މިފަދަ ކަންކަން ބަލައިގަންނަންވާނީ، ޣާފިލުކަމުގެ ނިދީން ހޭލައްވައިލުމަށް ކުރިމަތިވާ ކަމެއްގެގޮތުގައިކަން ވެސް އެންގެވިއެވެ. ހަމަ އެހެންމެ މިފަދަ ކަންކަމަކީ، ހެޔޮ ޢަމަލުތަށްކޮށް ނުބައި އަމަލުތަކުން ދުރުވެ، މާތްﷲ އާއި ކުއްތަންވުމަށް ލިބޭ ފުރުޞަތެއްކަމަށާއި، މަރުމަތިން ހަނދާންކޮށް އާޚިރަތްދުވަހަށް ތައްޔާރުވުމަށް ލިބެ ފުރުޞަތެއްކަން ޚުތުބާގައި ފާހަގަކުރައްވާފައިވެއެވެ.

މިއަދުގެ ޚުޠުބާގައިވަނީ އަޅުގަނޑުމެން ދެނެގަންނަންޖެހޭ ޙަޤީޤަތެއް ވެސް ބަޔާންކޮށްދެއްވާފައެވެ. ޚުޠުބާގައިވާ ފަދައިން، ތާއަބަދު މި ދުނިޔެ އެއްގޮތަށް ނޯންނާނެކަން އަޅުގަނޑުމެން ދެނެގަންނަންޖެހެއެވެ. ދަތިކަމަކަށްފަހު ފަސޭހައެއް އަންނާނެކަމަށާއި، ތަދުމަޑުކަމަކަށްފަހު ތިޔާގިކަމެއް އަންނާނެކަން އަޅުގަނޑުމެން ދެނެގަންނަންޖެހެއެވެ. ހަމަ އެ ގޮތަށް ޚުތުބާގައިވާ ފަދައިން، ހިތާމަތަކާއި ހިތްދަތިކަމާއި ހިތްނޭދޭކަންކަން ތަޙައްމަލުކުރަން ނުޖެހޭ ބަޔަކު ނޫޅޭކަން ވެސް އަޅުގަނޑުމެން ދެނެގަންނަން ޖެހެއެވެ.

އެހެންކަމުން އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވަނީ، މާތްﷲ މިންވަރުކުރެއްވިކަމެއް މެނުވީ ކުރިމަތިނުވާނެކަން ހިތުގެއަޑިން ޤަބޫލުކޮށް، އެ އިލާހަށް ވަކީލުކޮށް ސަވާބާއި ދަރުމައަށްއެދޭ ޙާލު ކެތްތެރިވެގެން ތިބުންކަމަށް ޚުތުބާގައި އެންގެވިއެވެ.

ހަމައެއާއެކު ޞިއްޙަތުގެ ނާރެހަކީ ސާފުތާހިރުކަންކަމަށް ވެސް އެންގެވިއެވެ. އެހެންކަމަށްވުމާއެކު ސާފުތަހިރުކަމަށް ވަރަށް މުހިންމުކަމެއްދޭން ޖެހޭކަމުގައި ޚުތުބާގައި ފަހަގަކުރެއްވިއެވެ. މި ގޮތުން، ކެއުމުގެކުރިން އަތްދޮވުމަށާއި، ކެއްސާ ކިނބިހިއަޅާ ހިނދުގައި އަނގަމަތި ނިވާކުރުންފަދަ ޞިއްޙީއަދަބުތަކަށް ފަރުވާތެރީވާންޖެހޭނެކަން އެންގެވިއެވެ. ހަމަ އެހެންމެ، މަގުމައްޗަށް ކުޅުޖެހުމާއި، އަރިދަފުސްފޮޅުންފަދަ ނުރަނގަޅު އާދަތަކުން އެއްކިބާވާންޖެހޭކަމަށް ވެސް އެންގެވިއެވެ. މީގެ އިތުރުން، ޢާންމު ޞިއްޙަތާއިބެހޭ އިދާރާތަކުންދޭ އިރުޝާދުތަކަށް ބޯލަނބަންޖެހޭކަމަށް ވެސް ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ.

މާތްﷲ އަޅަމެން ނުރައްކާތެރި ބަލިތަކުން ސަލާމަތްކުރައްވައި، އަޅަމެންނަށް ކެތްތެރިކަންދެއްވައި ސާބިތުކަން ދެއްވާށި! އާމީން!

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: