ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނައިބު ރައީސްގެ ކާރުކޮޅަށް ގެއްލުންތަކެއްދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުގެ ހާލަތުގައި ހުރި މީހަކު ނައިބު ރައީސް ފައިސަލް ނަސީމުގެ ކާރުކޮޅަށް ގެއްލުންދީފިއެވެ.

ފުލުހުން ހާމަކުރިގޮތުގައި، ނައިބު ރައީސް ދިރިއުޅުއްވާ ހިލާލީގޭގެ ކައިރިއާއި، އެ ސަރަޙައްދުގައިވާ ވެހިކަލްތަކަށް، ގެއްލުންދޭކަމުގެ މަޢުލޫމާތުލިބުމާއެކު، އެ ސަރަޙައްދަށް ގޮސް ބަލައިފައިވާކަމަށެވެ. މި ގޮތުން ފުލުހުން ބެލިބެލުމުގައި، ހިލާލީގޭގެ ކައިރީގައި އޮތް ނައިބުރައީސްގެ ކާރުކޮޅުގެ ވައިޕަރާއި، ނަންބަރު ބޯޑު ބިންދާލާ ގެއްލުންދީފައިވާކަމަށް ފުލުހުން ހާމަކުރެއެވެ.

މި މައްސަލައާއި ގުޅިގެން ނަވާވީސް އަހަރުގެ ދިވެއްސަކު ހައްޔަރުކޮށް ތަޙުޤީޤުފަށާފައިވާއިރު، މީގެކުރިން ވެސް ވަނީ، ރައީސުލްޖުމްހޫރިއްޔާގެ ކާރުކޮޅުގެ މައްޗަށް ފެންއެއްޗެއް އޮއްސާލި މައްސަލައެއް ކުރިއަށް ގެންގޮސްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: