ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފީފާ ވޯލްޑް ކަޕްގެ އައިޓީ މެނޭޖަރަކަށް ދިވެއްސެއް!

ފޮޓޯ: ފިޔެސް
ޝެއާރކޮށްލާ ކަހަލަދޯ؟

2026 ވަނަ އަހަރު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގެ އައިޓީ މެނޭޖަރެއްގެ މަގާމަށް ދިވެއްސަކު އައްޔަންކޮށްފިއެވެ.

މި ޝަރަފުވެރި މަގާމަށް ހޮވިފައިވަނީ އައިޓީ ދާއިރާގައި ފާހަގަކޮށްލެވޭ ތަޖުރިބާކާރެއް ކަމަށްވާ މުހައްމަދު ޝާހީނެވެ. ޝާހީނަކީ އައިޓީ ދާއިރާގައި 25 އަހަރުގެ ތަޖުރިބާއާއެކު އެމެރިކާގައިވެސް ގިނަ މަސައްކަތްތަކެއް ކުރަމުންގެންދާ ފަރާތެކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޝާހީނަކީ މީގެ ކުރިން ވެސް ބައިނަލްއަގުވާމީ ބޮޑެތި ކުޅިވަރު މުބާރާތްތަކުގައި މަސައްކަތްކޮށް، ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ ފަރާތެކެވެ. އެގޮތުން، 2022 ވަނަ އަހަރު ގަތަރުގައި ބޭއްވުނު ފީފާ ވޯލްޑް ކަޕްގައި ވެސް އޭނާ ވަނީ އައިޓީ ދާއިރާއިން މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ. އޭނާގެ މަސައްކަތްތަކާއި ހުނަރުވެރިކަމަށް ބަލައި، މިފަހަރު އޭނާއަށް މި ލިބުނީ މުޅި މުބާރާތުގެ އައިޓީ އޮޕަރޭޝަންތައް ބެލެހެއްޓުމުގެ މުހިންމު ޒިންމާއެކެވެ.

މި މަގާމުގެ ދަށުން، 2026ގެ ވޯލްޑް ކަޕް ބާއްވާ ސްޓޭޑިއަމްތަކާއި މުބާރާތުގެ އޮޕަރޭޝަންތަކުގައި ބޭނުންކުރާ އައިޓީ އިންފްރާސްޓްރަކްޗަރ ބެލެހެއްޓުމާއި، ޓެކްނިކަލް ގޮތުން ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމުގެ ޒިންމާ އޭނާ އުފުލާނެއެވެ. 2026ގެ ވޯލްޑް ކަޕަކީ ތާރީހުގައިވެސް އެންމެ ގިނަ ޓީމުތައް ބައިވެރިވާ އަދި އެންމެ ފުޅާކޮށް ބޭއްވޭ މުބާރާތަށް ވުމާއެކު، މި މަގާމަކީ ވަރަށް ބޮޑު މަސްއޫލިއްޔަތެއް ހިމެނޭ މަގާމެކެވެ.

2026 ވަނަ އަހަރުގެ ވޯލްޑްކަޕަކީ ތިން ގައުމެއްގައި ބާއްވާ ފުރަތަމަ ވޯލްޑް ކަޕަށް ވާއިރު، މިފަދަ ބޮޑު މުބާރާތެއްގެ އިސް މަގާމަކަށް ދިވެއްސަކު ހޮވުމަކީ ރާއްޖޭގެ އައިޓީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

މިކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ޝާހީނަށް މަރުހަބާ ކިޔައި، އެއީ ރާއްޖެއަށް ލިބުނު ރީތި ނަމެއްގެ ގޮތުގައި ފާހަގަކުރަމުންނެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުގެ މިފަދަ އިސް ފަންނީ މަގާމަކަށް ދިވެއްސަކު އައްޔަންކުރެވުނު ފުރަތަމަ ފަހަރެވެ.

ރާއްޖޭގެ އައިޓީ ދާއިރާގެ މާހިރުން ފާހަގަކުރާ ގޮތުގައި، މިއީ ރާއްޖޭގެ ޒުވާނުންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ. މި ކާމިޔާބީއާއެކު، ދުނިޔޭގެ ފެންވަރުގެ ބޮޑެތި އިވެންޓުތަކުގައި ދިވެހިންގެ ދައުރު އިތުރުވެ، ރާއްޖޭގެ ނަން ބައިނަލްއަގުވާމީ މައިދާނުގައި އިތުރަށް ވިދާލާނެ ކަމަށް އުންމީދު ކުރެވެއެވެ.

ވަރަށް ގަދަ
7%ވަރަށް ގަދަ 93%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: