ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދީނަށް ފުރައްސާރަ ކުރި ރުސްތުމް ގެއަށް، އަނެއްކާވެސް ދީނާއި ދެކޮޅަށް ޓްވީޓާގައި އަޑުއުފުލަނީ!

ދީނަށް ފުރައްސާރަ ކުރި ރުސްތުމް ގެއަށް، އަނެއްކާވެސް ދީނާއި ދެކޮޅަށް ޓްވީޓާގައި އަޑުއުފުލަނީ!
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމްދީނާއި، ކީރިތި ރަސޫލާއަށް ފާޅުގައި ނިކުމެ ތިމަންނާއަކީ މުސްލިމެއް ނޫންކަމަށް ބުނެ ފުރައްސާރަކުރާތީ މިދިޔަ އަހަރު ގދ.ތިނަދޫ އިން ހައްޔަރުކުރި މީހާ ގެއަށް ބަދަލުކޮށްފިއެވެ.

މުހައްމަދު ރުސްތުމް މުޖްތަބާ ނަމަކަށް ކިޔާ އެ މީހާ ހައްޔަރުކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އޭނާ ހައްޔަރު ކުރުމަށްފަހު، މާބޮޑު ތަފްސީލެއް ފުލުހުން ވެސް ދީފައި ނުވެއެވެ. އެހެން ނަމަވެސް އެ މީހާގެ ސައިކޮލޮޖިކަލް އެސެސްމެންޓެއް ހެދުމަށާއި އިސްލާމިކް މިނިސްޓްރީގެ ކައުންސެލިން ސެޝަންތަކަށް ގެންދިއުމަށް ނިންމާފައިވާކަމަށް އޭރު މައުލޫމާތު ދިނެވެ. އަދި އޭނާގެ ނަފްސާނީ ޓެސްޓުތަކެއް ހެދިއެވެ. އޭގެ ނަތީޖާތަކުގެ މައުލޫމާތުތަކެއް ވެސް މީޑިއާތަކާއި ހިއްސާކޮށްފައި ނުވެއެވެ.

ރުސްތުމްއަކަށް ހުކުމެއް އިއްވާފައި ނެތެވެ. ދެ ފަހަރެއްގެ މަތީން އޭނާގެ ބަންދަށް 15 ދުވަސް ވެސް އިތުރު ކުރިއެވެ. އެއަށްފަހު ވީނުވީއެއް ނޭނގެއެވެ.

38 އަހަރުގެ އެ ފިރިހެން މީހާ ހައްޔަރު ކުރީ ފާޅުގައި ނިކުމެ، އިސްލާމް ދީނާއި ދެކޮޅަށް އަޑުއުފުލަން ފެށުމުންނެވެ. ތިނަދޫގައި ހުރެ ތިނަދޫގެ ޒުވާނުންނަށް ތަފާތު އެކި ވާހަކަތައް ކިޔައިދޭން އޭނާ މަސައްކަތްކޮށްފައިވެއެވެ. ހައްޔަރު ކުުރުމުގެ ކުރިން ރުސްތުމްކޮށްފައިވާ ޓްވީޓެއްގައި ވަނީ ކުރިއަށް އޮތް ތަނުގައި ލާދިނީ ބޮޑު ޖަލްސާތައް ވެސް ބާއްވާނެ ކަމަށް ބުނެފައެވެ. އަދި އިސްލާން ދީނަކީ ލޭއޮހޮރުވައިގެން ފަތުރާފައިވާ ލާއިންސާނީ ދީނެއްކަމަށް ބުނެ ދީނަށް ފުރައްސާރަ ކުރިއެވެ.

ގޭ ބަންދަށް ބަދަލު ކުރުމާއި އެކު، އަނެއްކާވެސް ރުސްތުމްގެ ޓްވީޓާ ވަނީ އެކްޓިވް ވެފައެވެ. އެންމެ ފުރަތަމަ ވެސް ޓްވީޓެއްކޮށް ބުނެފައިވަނީ ”އޭނާ ކިތަންމެ ފަހަރަކުވެސް ބަންދު ކުރެވިދާނެ ކަމަށާއި އެހެން ނަމަވެސް އޭނާގެ އެ މިނިވަން ސިކުނޑި ބަޔަކަށް ދެން ދުވަހަކުވެސް ބަންދެއް ނުކުރެވޭނެ.“ ކަމަށެވެ. އެއަށްފަހު އިތުރު ޓްވީޓެއްކޮށް ބުނެފައިވަނީ ހައްގުތައް ނުދޭން ދެއްކޭނޭ އެއްވެސް އުޒުރެއް ނޯންނާނެ ކަމަށެވެ. އަދި އޭނާ ވަނީ ދިވެހިންނަށް ދީނީ މިނިވަންކަން ދޭންޖެހޭނެ ކަމަށް ބުނެފައެވެ.

ދީނަށް ފުރައްސާރަ ކޮށްގެން ހައްޔަރު ކުރި މީހާ ހައްޔަރު ކުރީ މިދިޔަ ސެޕްޓެމްބަރުގައި

ކޯޓުގެ އިއުތިރާފުގެ ފޮޓޯއެއް ވެސް، ޓްވީޓުކޮށްފައިވާއިރު އޭނާ ވަނީ އޭގައި އޭނާ އަބަދުވެސް އިސްލާމްދީނާއި ދެކޮޅަށް އަޑު އުުފުލާނެ ކަމަށް ބުނެފައެވެ. އަދި އެ ބަޔާނުގައި ވެސް ދީނީ ހިލާފު ވާހަކަތަށް ދެއްކިކަމަށް އިއުތިރާފު ވެފައެވެ.

އިސްލާމް ދީނަށް ފުރައްސާރަކޮށް ޓުވީޓު ކުރަމުން ދިޔަ މި މީހާއަށް އިންޒާރު ދިން މައްސަލައެއް ވެސް ފުލުހުން ބެލިއެވެ.

އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ އަމަލުތައް ގިނެވެފައިވާއިރު، ދާދިފަހުން ފެންމަތިވެގެން އައި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ މައްސަލައިގެ ތަހުގީގު ވީ ހިސާބެއް ވެސް ނޭނގެއެވެ. ”ޕްރިލިމިނަރީ އެސެސްމެންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް“ އެ ނަމުގައި އެންޑީއެމުން ނެރެފައިވާ ރިޕޯޓްގައި އިސްލާމްދީނުގެ އަސްލުތަކާއި ފުށުއަރާ، އަދި އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަ ކޮށް އެތައް ވާހަކަތަކެއް ހިމަނާފައިވެއެވެ.

ގާތްގަނޑަކަށް 125 ސޮފުހާގެ އެމްޑީއެންގެ ރިޕޯޓުގައި ކައިވެނިން ބޭރުން ހިނގޭ ޖިންސީ ގުޅުންތަކަކީ ދީން ހުއްދަ ކުރާކަމެއް ނޫންކަމުގައި އޮތް އޮތުމަށް ފާޑުކިޔާފައިވެއެވެ. އަދި ނުބައިވެގެންވާ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ޒިނޭއާއި އެއް ޖިންސުން ގުޅުން ހިންގުމާއި ގުޅޭގޮތުން ސްކޫލް ފިލާވަޅުތަކުގައި އެކަންކަމަކީ ހަރާމްވެގެންވާ ހަޑިމުޑުދާރު އަމަލުގެ ގޮތުގައި ސިފަކުރެވިފައި ހުރުމުން، އެ ފިލާވަޅުތަކަށް ހަޖޫޖަހައި ފާޑުކިޔާފައިވެއެވެ. ގުރުއާނުުގެ ނައްސުން އައިސްފައިވާ ކަންތައްތަކާ ދެކޮޅަށް ލިޔެފައިވާ އެއް ވާހަކަ އަކީ ރަސޫލާގެ އިސްރާ އާއި މިއުރާޖްގެ ދަތުރުފުޅަކީ ސައިންޓިފިކް ގޮތުން ގަބޫލު ނުކުރެވޭނެ ވާހަަކައެއް ކަމަށް ބުނެފައި ވުމެވެ.

އެމްޑީއެން މައްސަލައިގައި ވެސް ތަހުގީގު ކުރެވެމުން ދަނީ، އެމްޑީއެންގެ ފައުންޑާރ ޝަހިންދާ އިސްމާއިލްއަށް އިންޒާރު ދިންކަމަށް ބުނެ ހައްޔަރު ކުރި ޒުވާނެއްގެ މައްސަލައެވެ. 19 އަހަރުގެ އެ ޒުވާނާ ހައްޔަރު މީހުންނަށް މަރުގެ އިންޒާރުދީ މުޖުތަމައުގައި ބިރުވެރިކަން އުފެދޭގޮތަށް އަދި އަނިޔާވެރިކަމަށް ހިތްވަރު ދެމުންދާކަމަށް ބުނެއެވެ.

ގިނަ އާއްމުންދަނީ، ދީނަށް ފުރައްސާރަ ކުރުން އިތުރުވާއިރު ވެސް އެފަދަ މައްސަލަތައް ނުބެލޭކަން ފާހަގަކޮށްފައެވެ. އެހެން ނަމަވެސް، ހަރުކަށި ފިކުރު އިތުރުވަމުންދާ ކަމަށް ބުނެ އެއާއި ދެކޮޅަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: