ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤާނޫނުތައް ނަގަހައްޓައި ދެމެހެއްޓުމަކީ ވެރިންގެ ވާޖިބެއް: ނިހާން

ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ނިހާން ޙަސަންމަނިކު. ފޮޓޯ: އެޑިޝަންއެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ނަގަހައްޓާ ދެމެހެއްޓުމަކީ، ދަޢުލަތުގެ ވެރިންގެ ވާޖިބެއްކަމަށް ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ނިހާން ޙަސަންމަނިކު ވިދާޅުވެއްޖެއެވެ.

ދަޢުލަތުގެ އިސްވެރިންނަށް ޓެގުކުރައްވާ ނިހާން ކުރެއްވި ޓްވީޓްގައި ސަރުކާރަށް ފާޑުވިދާޅުވެފައިވެއެވެ. މި ގޮތުން، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ ފުރަތަމަ ބާބު އަދި މާއްދާ ނުވައަކާއި ދިހައެއް ދިފާޢުކުރައްވަން ދަޢުލަތަށް ނުކެރިގެން އުޅުއްވަނީ ކީއްވެކަމާމެދު ސުވާލު އުފައްދަވާފައެވެ.

https://twitter.com/ahmed_nihan/status/1238421602531823618?s=20

2008 ގައި އެކުލަވާލައިފައިވާ ފެހި ޤާނޫނު އަސާސީގެ ފުރަތަމަ ބާބުގައިވަނީ ދައުލަތާއި، އަމިއްލަވެރިކަމާއި، ރައްޔިތުންގެ ޙައްޤުތަށް އެކުލެވޭ ޤާނޫނުތަކެކެވެ.

9ވަނަ މާއްދާ(ދިވެހި ރައްޔިތް)
(ހ) ތިރީގައި މިވާ މީހުންނަކީ ދިވެހި ރައްޔިތުންނެވެ.
1. މި ޤާނޫނުއަސާސީއަށް ޢަމަލުކުރާން ފަށާއިރު ދިވެހި ރައްޔިތެއް
ކަމުގައިވާ ކޮންމެމީހެއް
2 .ދިވެހި ރައްޔިތަކަށް އުފަން ކޮންމެ ދަރިއެއް
3 .ޤާނޫނުގައިވާ ގޮތުގެމަތީން ދިވެހި ރައްޔިތަކަށްވެއްޖެ ކޮންމެ
ބިދޭސީއެއް
(ށ) ދިވެހި ރައްޔިތެއްގެ ކިބައިން ދިވެހި ރައްޔިތުކަން ނިގުޅައެއް
ނުގަނެވޭނެއެވެ.
(ނ) ދިވެހި ރައްޔިތުކަން ދޫކޮށްލަން އެދޭ ކޮންމެ މީހަކަށް ޤާނޫނުގައިވާ
ގޮތުގެމަތީން ދިވެހި ރައްޔިތުކަން ދޫކޮށްލެވިދާނެއެވެ.3
(ރ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް މުސްލިމަކަށް މެނުވީ
ދިވެހި ރައްޔިތަކަށް ނުވެވޭނެއެވެ.

10ވަނަ މާއްދާ( ދައުލަތުގެ ދީން)
(ހ) ދިވެހި ދައުލަތުގެ ދީނަކީ އި ސްލާމްދީ ނެވެ. އަދި އި ސްލާމްދީނަކީ
ދިވެހި ރާއްޖޭގެ ޤާނޫނުގެމައިގަނޑ މަޞްދަރެކެވެ.
(ށ) ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަޞްލަކާ ޚިލާފު އެއްވެސް
ޤާނޫނެއް ނުހެދޭނެއެވެ.

އިސްވެ މި ބަޔާންކުރި ޤާނޫނޫތައް ތަންފީޒުކުރައްވަން ނުކެރޭކަމަށް ފާޑު ވިދާޅުވެ، ނިހާން ކުރެއްވި ޓްވީޓް ޓެގްކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔަ އިބްރާހިމް މުޙައްމަދު ޞާލިޙާއި، ނައިބު ރައީސް ފައިސަލް ނަސީމާއި، ހޯމް މިނިސްޓަރު އައްޝައިޚު އިމްރާން ޢަބްދުﷲ އަށާއި، ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށެވެ. މީގެ އިތުރުން، ޖުޑިޝަރީއަށާއި، މޯލްޑިވްސް ޕޮލިސް ސާވިސްއާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އަށް ވެސް ޓެގުކުރައްވާފައިވެއެވެ.

ނިހާން މިފަދައިން ޓްވީޓްކުރައްވާފައިވާއިރު، އިސްލާމްދީނަށް ފުރައްސާރަކޮށް މީސްމީޑިޔާގައި ލިޔުމުގެ ސަބަބުން ގދ.ތިނަދޫން ހައްޔަރުކުރި ރުސްތުމް ވަނީ މިމަހު ނުވަވަނަ ދުވަހު ކޯޓުންދޫކޮށްލާފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: