ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯއިން ޕެޓްރޯލާއި ޑިސަލްގެ އަގު ހެޔޮކޮށްފި

ޑީސަލް އާއި ޕެޓްރޯލްގެ އަގު ކުޑަކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެސްޓީއޯއިން ޕެޓްރޯލާއި ޑީސަލް ވިއްކާ އަގު ހެޔޮކޮށްފިއެވެ.

އެސްޓީއޯއިން ބުނި ގޮތުގައި، އެ އަގު ހެޔޮކޮށްފައިވަނީ ޑީސަލް ލީޓަރެއްގެ އަގުން 50 ލާރި، އަދި ޕެޓްރޯލް ލީޓަރެއްގެ އަގުން 53 ލާރިއެވެ. އެހެންކަމުން ހުކުރު ދުވަހުން ފެށިގެން އެސްޓީއޯއިން ޑީސަލް ލީޓަރެއް ވިއްކާނީ 10.39 ރުފިޔާއަށެވެ. އަދި ޕެޓްރޯލް ލީޓަރެއް 9.60 ރުފިޔާގެ ރޭޓުން ލިބޭނެއެވެ.

ޑީސަލާއި ޕްޓްރޯލުގެ އަގަށް އައި ބަދަލާއި ގުޅޭގޮތުން އެސްޓީއޯއިން ބުނެފާއިވަނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ހެޔޮ ބަދަލު އައިސްފައިވާ ކަމަށެވެ.

މިއީ މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން އެސްޓީއޯއިން ޑީސަލާއި ޕެޓްރޯލު ވިއްކާ އަގު ވިދިވިދިގެން ހެޔޮކުރި ހަތަރުވަނަ ފަހަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: