ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބ އަތޮޅު ފެހެންދޫއިން ވައިރަހަށް ޝައްކުވާ ފަތުރުވެރިއެއް، ސާމްޕަލް ނެގުމުގެ މަސައްކަތް ފަށައިފި

ބ އަތޮޅު ފެހެންދޫއިން ވައިރަހަށް ޝައްކުވާ ފަތުރުވެރިއެއް، ސާމްޕަލް ނެގުމުގެ މަސައްކަތް ފަށައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާއިން އުފަންވެ، ދުނިޔޭގެ ގައުމުތަކުގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރިި ފަތުރުވެރިއަކު ބ އަތޮޅު ފެހެންދޫން ފެނި އެކަހެރި ކޮށްފި އެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް ބޮޑު ބަލިމަޑުކަމަކަށް ބަދަލުވެފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ އިއުލާނުކޮށްފައެވެ. އަދި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި ވަނީ އިއުލާނުކޮށްފައެވެ.

އަނަންތަރާ ދިގުއިން މިއަދު ފެނުނު ކޭސްއާއި އެކު ރާއްޖެއިން ފެނުނު ކޮރޯނާ ވައިރަސްގެ ޖުމްލަ އަދަދު 9 އަކަށް އަރައެވެ. ވައިރަސްއަށް ޕޮޒިޓިވް ވީ މީހުންގެ ތެރެއިން ހަތަރު މީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީ ފަތުރުވެރިއެއްގެ ފަރާތުން ވައިރަސް ޖެހުނު މީހުނެވެ. އަނެއް ދެ ބިދޭސީންނަކީ ބަތަލާ އައިލެންޑް ރިސޯޓުގައި ތިބި ބައެކެވެ. ރާއްޖެއިން މި ބަލި ފެނުމުން، ރާއްޖޭގެ އެލާޓް ލެވަލް ވަނީ ވައިޓް އެލާޓުން ރީނދޫ އެލާޓަށް މަތިކޮށްފަ އެވެ. އެއަށްފަހު ދެން ކޮރޯނާ ވައިރަހަށް ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ ކުރަމަތި އައިލެންޑް ރިސޯޓްގައި ތިބި ދެ ފަތުރުވެރިއެކެވެ.

https://www.facebook.com/SanguTelevision/videos/2682625745119585/?__xts__[0]=68.ARBq08zbGwdfpEMIDVJjfnvyo0slAqPC33pwLOPC7QMigYPAQuNaef8xgeDNJ2zK75qf09EIwz3uoMnbDXgOWv1gfNIId-RDOQOlbzBeROJbUK6gCBZ9RdL77fpUqcwmL_xkrah9cXRnee-u05oMUuT2mHGcsM2NFEUAKmNM9WE9e4gUVe9ruhpi6a3YWfst2YoCvuQxd0ck8rF1JxgLMPfk8wxBjmmSqgINossTDDSV2lh6c-IOtW5_hjICjXUILLIQCwogBaczhtbAtHL239-f3SWKaNoGpsCCSy_lcradXcJLztzTg9_BFM_sbbSevEqjFhKIDFaB2comGOk3ipwsJXNUGHpdgyS71Y07&__tn__=-R

ކޮރޯނާ ވައިރަސް އާއި ގުޅިގެން ކުރިޔަށް ގެންދާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން، މިރޭ ބޭއްވި ބައްދަލުވުމުގައި މީޑިއާއަށް މައުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ފެހެންދޫގެ ގެސްޓް ހައުސެއްގައި ހުރި ޓޫރިސްޓެއްގެ ފަރާތުން އަލާމާތްތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އޭނާ މޮނީޓާރ ކުރުމުގެ މަސައްކަތް ފަށާފައިވާއިރު އެ ރަށްވެސް އޮތީ މޮނީޓަރިން ހާލަތުގައި ކަމަށެވެ.

މަބްރޫކް ވިދާޅުވީ ފަތުރުވެރިއާގެ ކޮންޓެކްޓް ޓްރޭސިން ހެދުމަށާއި، އޭނާގެ ސާމްޕަލްތައް ނެގުމަށް ޑޮކްޓަރުންގެ ޓީމެއް އެ ރަށަށް ގޮސްފައިވާ ކަމާށެވެ. އަދި އެ ފަތުރިވެރިޔާއާއި މެދު ވެސް އަމަލު ކުރެވޭނީ ޝައްކު ކުރެވޭ މީހުންނާއި އަމަލު ކުރެވޭ އުސޫލުންކަން މަބްރޫކް ފާހަގަކުރެއްވިއެވެ.

މީގެ ކުރިން ށ. ފޯކައިދޫން ކުރެއްދޫ ރިސޯޓުގެ މުވައްޒަފަކާއި، އެ ރިސޯޓުގެ ފަތުރުވެރިޔާއާއި ކޮންޓެކްޓުވި ޅ. ހިންނަވަރު މީހެއްގެ އިތުރުން ހަމަ އެ ފަތުރުވެރިޔާ އާއި މާލޭން ކޮންޓެކްޓުވިނ ޔުނިވާސަލްގެ ޓިކެޓް އޮފީހުގެ މުވައްޒަފަކު ވައިރަސްއަށް ޝައްކު ކުރެވިގެން އެކަހެރި ކުރި އެވެ. އެ މީހުން ވަނީ ވައިރަސްއަށް ނެގެޓިވް ވެފަ އެވެ.

ބ. ފެހެންދޫއަށް ޒިޔާރަތް ކުރި ޓޫރިސްޓަކު ކޮވިޑް-19 އަށް ޝައްކު ކުރެވިގެން އެކަހެރި ކުރިއިރު، މިހާތަނަށް ރާއްޖޭން އެ ވައިރަސްއަށް ޕޮޒިޓިވް ވެފައި ވަނީ ނުވަ ބިދޭސީއެކެވެ. އެއީ ޅ. ކުރެއްދޫ ރިސޯޓުގެ ދެ ބިދޭސީ މުވައްޒަފަކާއި، އެ ރިސޯޓުގައި ތިބި ދެ ޓޫރިސްޓުންނާއި، އއ. ބަތަލާ ރިސޯޓުގައި ތިބި ދެ ޓޫރިސްޓަކާއި، އއ. ކުރަމަތި ރިސޯޓުގައި ތިބި ދެ ޓޫރިސްޓެއްގެ އިތުރުން ކ. އަނަންތަރާ ދިގު ރިސޯޓުން ބިދޭސީއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: