ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޢީދު ފާހަގަކުރުމާ ބެހޭ ގޮތުން އިސްލާމިކް މިނިސްޓްރީން ހާއްސަ ޕްލޭނެއް އެކުލަވާލަނީ

ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

1448 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް އިސްލާމީ ޢީދުތައް ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު މާލެއާއި އަތޮޅުތަކުގައި ފާހަގަކުރުމާ ބެހޭ ގޮތުން އިސްލާމިކް މިނިސްޓްރީން ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް ފަށައިފިއެވެ.

އެ ޕްލޭން އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީގެ ޚާއްޞަ ކޮމިޓީއަކުން ފަށާފައިވާކަމަށް އިސްލާމިކް މިނިސްޓްރީއިން މަޢުލޫމާތުދެއްވައެވެ.

އެ ޕްލޭންގެ ދަށުން ކައުންސިލްތަކާއެކު މަޝްވަރާކޮށްގެން އަތޮޅުތަކުގައި ޙަރަކާތްތެރިވާ އިސްލާމީ ޚިދުމަތްދޭ މަދަނީ ޖަމިއްޔާތައް ބައިވެރިކޮށްގެން ކުރިއަށް ގެންދާ ގޮތަށް ޕްލޭންގައި ހިމެނިގެންދާނެކަމަށްވެސްް މިނިސްޓްރީން މީޑިއާތަކަށް ފޮނުވި މެސެޖުގައިވަނީ ބުނެފައެވެ.

ވަކިން ޚާއްޞަކޮށް ސިޓީތަކުގައި ޢީދު ފާހަގަކުރުމުގައި މުހިންމު އިވެންޓްތަކެއް ވެސް ކުރިއަށް ގެންދެވޭނެކަމަށާއި މިކަމަށް ޓަކައި ސަޤާފަތާބެހޭ ވުޒާރާއާ ވެސް ގުޅިގެން މަސައްކަތްކުރާނެކަމަށް އިސްލާމިކް މިނިސްޓްރީން އާންމުކޮށްފައިވާ މަޢުލޫމާތުގައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މި އަހަރުގެ އަޟްޙާ ޢީދުގެ މުނާސަބަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ކުޅިވަރުތައް ކުރިއަށް ގެންދިޔައިރު ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ވަނީ ދީނީ އަދި އިޖުތިމާއީ މިންގަނޑުތަކަށް ހުރިހާ ފަރާތްތަކުން ވެސް އިޙްތިރާމް ކުރުމަށް ބާރުއަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: