ޗައިނާއިން އުފަންވެ، ދުނިޔޭގެ ގައުމުތަކުގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރިިދެ ފަތުރުވެރިއަކު އޮޅުވެެލި ބީޗުން ފާހަގަކުރެވި އޭނާގެ ސާމްޕަލް ނަގައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ ބަލީގެ އަލާމާތްތައް ހުރި އެ މީހާ ފެނުމާއި އެކު، ރަށުގެ ހާލަތު މޮނީޓާރ ކުރުމަށް ފަށާފައިވާ ކަމަށެވެ. އަދި ޝައްކު ކުރެވުނު މީހާ އައިސޮލޭޓު ކުރެވިފައިވާކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.
https://twitter.com/HPA_MV/status/1238572906520530944
ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް ބޮޑު ބަލިމަޑުކަމަކަށް ބަދަލުވެފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ އިއުލާނުކޮށްފައެވެ. އަދި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި ވަނީ އިއުލާނުކޮށްފައެވެ.
އަނަންތަރާ ދިގުއިން މިއަދު ފެނުނު ކޭސްއާއި އެކު ރާއްޖެއިން ފެނުނު ކޮރޯނާ ވައިރަސްގެ ޖުމްލަ އަދަދު 9 އަކަށް އަރައެވެ. ވައިރަސްއަށް ޕޮޒިޓިވް ވީ މީހުންގެ ތެރެއިން ހަތަރު މީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީ ފަތުރުވެރިއެއްގެ ފަރާތުން ވައިރަސް ޖެހުނު މީހުނެވެ. އަނެއް ދެ ބިދޭސީންނަކީ ބަތަލާ އައިލެންޑް ރިސޯޓުގައި ތިބި ބައެކެވެ. ރާއްޖެއިން މި ބަލި ފެނުމުން، ރާއްޖޭގެ އެލާޓް ލެވަލް ވަނީ ވައިޓް އެލާޓުން ރީނދޫ އެލާޓަށް މަތިކޮށްފަ އެވެ. އެއަށްފަހު ދެން ކޮރޯނާ ވައިރަހަށް ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ ކުރަމަތި އައިލެންޑް ރިސޯޓްގައި ތިބި ދެ ފަތުރުވެރިއެކެވެ.

