ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިސާއާކުރާއިރު މެޑިކަލް ރިޕޯޓު ހުށަހަޅަން ނުޖެހޭގޮތަށް ހަމަޖައްސައިފި

އިގްރޭޝަންގެ މުވައްޒަފުންތަކެއް ޚިދުމަތްދިނުމުގައި. ފޮޓޯ:އެޑިޝަންއެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާ ވައިރަހާއި ގުޅިގެން، ދިވެހިރާއްޖޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ޢިއުލާނުކޮށްފައިވާތީ، ދަތުރުފަތުރުކުރުން މަދުކުރުމުގެ ގޮތުން ވިސާއާކުރާއިރު މެޑިކަލް ހުށަހަޅަން ނުޖެހޭގޮތަށް ހަމަޖައްސައިފިއެވެ.

އިމިގްރޭޝަނުން ނެރުނު ނޫސްބަޔާނެއްގައިވަނީ، ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމުގެ ގޮތުން، ޢަންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ މުއްދަތުގެތެރޭގައި ވޯކް ވިސާއާއި އެހެނިހެން ވިސާތަކުގެ މުއްދަތު އިތުރުކުރަން ހުށަހަޅާއިރު، މެޑިކަލް ރިޕޯޓާއިނުލައި ވިސާދޫކުރަން ނިންމާފައިވާކަމަށެވެ. އެހެންނަމަވެސް، އަލަށް ވޯކް ވިސާއާއި އެހެނިހެން ވިސާތަކަށް ހުށަހަޅާއިރު، މެޑިކަލް ރިޕޯޓު ހުށަހަޅަންވާނެކަމަށް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ.

ދިވެހިރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިތުރުކޮށްފައިވަނީ އެއްމަސް ދުވަހަށެވެ. ހަމައެއާއެކު މިހާރު މިވަނީ ކޮރޯނާއާއި ގުޅިގެން އެތައްތަނެއް ބަންދުކޮށް މީހުން އެއްވެއުޅުން މަނާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: