ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީގެ މިނިސްޓަރ ނާޒިމް އަނެއްކާވެސް ރައީސް އޮފީހުގެ އިސް މަގާމަކަށް!

ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯ ނާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ގެނައި ބަދަލުތަކުގައި، ހެލްތް މިނިސްޓަރުކަމުގެ މަގާމުން ވަކިވި އަބްދުﷲ ނާޒިމް އަނެއްކާވެސް ރައީސް އޮފީހުގެ އިސް މަގާމަކަށް އައްޔަނުކޮށްފި އެވެ.

ކުއްލި ގޮތަކަށް ރައީސް މުއިއްޒުގެ ކެބިނެޓުން ވަޒީރުންތަކެއް އިސްތިއުފާ ދެއްވައި، ބައެއް ބޭފުޅުން ވަކިކުރެއްވިއިރު އޭގެ ތެރޭގައި ނާޒިމް ވެސް ހިމެނެ އެވެ. ސަރުކާރު އުފެދިގެން އައިއިރު ނާޒިމް އެންމެ ފުރަތަމަ ހުންނެވީ ވެސް ރައީސް އޮފީހުގެ މަގާމެއްގަ އެވެ.

އޭރު އޭނާ އަދާކުރައްވަމުން އައީ، ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަގާމެވެ. އެއަށް ފަހު މިނިސްޓަރުގެ މަގާމަށް ނާޒިމް އައްޔަނު ކުރީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އަދި ދެވަނަ ފަހަރަށް ކެބިނެޓަށް މިދިޔަ އޭޕްރިލް މަހު ގެނައި ބަދަލާއި އެކު، ވަޒީރުކަމުން ވަކިވީ ބައެއް ބޭފުޅުން ދައުލަތުގެ އެހެނިހެން މަގާމުތަކާއި އެމްބަސީތަކަށް ވަނީ އައްޔަނުކޮށްފަ އެވެ. އެގޮތުން، ކުރީގެ ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ގަތަރުގައި ހުންނަވާ ސަފީރުކަމަށް އައްޔަންކުރުމަށާއި، ކުރީގެ ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ޔޫއޭއީގެ ސަފީރުކަމަށް އައްޔަންކުރުމަށް ރުހުން ހޯދުމަށް ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައެވެ.

ނާޒިމް އަލުން އަނެއްކާ ވެސް ރައީސް އޮފީހަށް އައްޔަނު ކުރީ، ކުރިން ހުންނެވި މަގާމަށެވެ. އަދި ރައީސް އޮފީހުގެ ވެބްސައިޓުގައި ވަނީ އެ މައުލޫމާތުތައް އާންމުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: