ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުލީގެ ގޮތުގައި ލިބެންޖެހޭ 13.9 މިލިއަން ރުފިޔާ ހޯދުމަށް އައްޑޫ ކައުންސިލުން ފިޔަވަޅެއް ނާޅާ!

އައްޑޫ ސިޓީ ކައުންސިލް އިމާރާތް/ ފޮޓޯ: އައްޑޫ ލައިވް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުން ލިބެންޖެހޭ 13.9 މިލިޔަން ރުފިޔާއަށްވުރެ ގިނަ ފައިސާ ލިބެމުންދޭތޭ ބަލާފައިނުވާއިރު، އެ ފައިސާ ހޯދުމަށް ކައުންސިލުން އެއްވެސް ޤާނޫނީ ފިޔަވަޅެއް އަޅާފައި ނުވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓް އޮފީހުން ނެރެފައިވާ އައްޑޫ ސިޓީ ކައުންސިލްގެ 2022 އިން 2024 އަށް ނިޔަލަށްވާ ރިޕޯޓުގައިވާ ގޮތުން، 31 ޑިސެންބަރު 2024 ގެ ނިޔަލަށް ކައުންސިލްގެ 14 ބިމަކުން ކުލީގެ ގޮތުގައި ޖުމުލަ 13,954,336 ރުފިޔާ ލިބެންޖެހެއެވެ. މީގެ ތެރެއިން 7,654,717 ރުފިޔާއަކީ 2013 ވަނަ އަހަރުން ފެށިގެން ނުލިބި ހުރި ފައިސާކަން ފާހަގަކޮށް، ބައެއް ބިންތައް ކުއްޔަށް ހިފާފައިވާ ފަރާތްތަކުން ވޭތުވެދިޔަ 7 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ކުލި ނުދައްކާކަން އޮޑިޓުން ވަނީ ހާމަވެފައެވެ.

މި މައްސަލައިގައި ރިޕޯޓުން ފެންމަތިވެފައިވާ އެންމެ ބޮޑު ނުކުތާއަކީ، ކުލި ނުދައްކާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމަށް ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އެޅުމުގައި ކައުންސިލުން ދައްކާފައިވާ ފަރުވާކުޑަކަމެވެ. ގަވާއިދުގައި ބުނާ ގޮތުން ފައިސާ ނުލިބި ލަސްވާނަމަ އެކި މަރުހަލާތަކަށް ބަހާލައިގެން ސިޓީ ފޮނުވައި، ޚިދުމަތް މެދުކަނޑާލައި، އަދި ކޯޓަށް ހުށަހަޅައިގެން ފައިސާ ހޯދަންޖެހެއެވެ. ގިނަ އަހަރުތަކެއް ވަންދެން ފައިސާ ނުދައްކާ ތިބި ފަރާތްތަކާމެދުވެސް މިފަދަ އެއްވެސް ހަރުދަނާ ފިޔަވަޅެއް އަޅާފައި ނުވާކަން އޮޑިޓުން ފާހަގަކުރެއެވެ.

ކައުންސިލުގެ ފަރުވާކުޑަކުރުމުގެ ސަބަބުން، ދައުލަތަށް ލިބެންޖެހޭ މިލިޔަނުން ގުނާލެވޭ އާމްދަނީއެއް ގެއްލިގެން ގޮސްފައިވާއިރު، މިއީ ވަކި ފަރާތްތަކަކަށް މަންފާ ހޯދައިދިނުމަށް ހިންގާފައިވާ ހުއްދަނޫން އަމަލެއް ކަމަށް ބެލުމުގެ ފުރުސަތު އޮތް ކަމަށް އޮޑިޓް ރިޕޯޓުން ހާމަވެގެންދެއެވެ.

ދައުލަތަށް ލިބެންޖެހޭ މި ބޮޑު އާމްދަނީ ދޫކޮށްލައިގެން ކައުންސިލުން ތިބީ މާލިއްޔަތު ގަވާއިދާ ޚިލާފަށް ވަކި ބަޔަކަށް ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ނިޔަތުގައިކަމަށް ބެލެވޭތީ އެކަން ތަހުގީގުކުރަން އޮޑިޓަރ ޖެނެރަލް ވަނީ ލަފާދެއްވާފައެވެ.

އޭގެ އިތުރުން، މި ފައިސާ ހޯދުމަށް މަސައްކަތް ނުކުރި ފަރާތްތަކުގެ މައްސަލަ ބަލައި، އެކަމުގައި ޒިންމާވާ މުވައްޒަފުންނާ މެދު ފިޔަވަޅު އެޅުމަށް އޮޑިޓަރ ޖެނެރަލް ވަނީ ކަމާބެހޭ އިދާރާތަކަށް ލަފާދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: