ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކައިގެ މުވައްޒަފުންގެ ހުރިހާ ޗުއްޓީއެއް ވަގުތީ ގޮތުން ސަސްޕެންޑުކޮށްފި

ފޮޓޯ : ފެނަކަ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުންފުނި އަލުން ތަރުތީބުކޮށް ހިންގުން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން މުސާރަ ލިބޭ ގޮތަށާއި މުސާރަ ނުލިބޭ ގޮތަށް މުވައްޒަފުން ނަގާ ހުރިހާ ޗުއްޓީއެއް ފެނަކައިން ސަސްޕެންޑްކޮށްފިއެވެ.

މިކަން މުވަައްޒަފުންނަށް އަންގާފައިވަނީ ފެނަކަ ކޯޕަރޭޝަނުން ބުރާސްފަތި ދުވަހު ނެރުނު ސާކިއުލާއެއްގައެވެ. އެ އިދާރާއިން މިހާރު ކުރިއަށްގެންދާ ރައިޓްސައިޒިންގ ނުވަތަ އޮނިގަނޑު މުރާޖައާ ކުރުމުގެ މަސައްކަތުގެ ތެރެއިން، މުސާރަ ލިބޭ ގޮތަށާއި މުސާރަ ނުލިބޭ ގޮތަށް މުވައްޒަފުންނަށް ދެވޭ ހުރިހާ ޗުއްޓީތަކެއް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.

މި ބަދަލަކީ އެޕްރީލް މަހު ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރުގެ މަގާމާ މުހައްމަދު އަފީފް ހަވާލުވެވަޑައިގަތުމަށްފަހު، ކުރީގެ އޮޑިޓް ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ މައްސަލަތައް އިސްލާހުކޮށް ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް ފަށާފައިވާ ބޮޑު މަސައްކަތެކެވެ. ފެނަކައިގައި މިވަގުތު ގާތްގަނޑަކަށް 8000 މުވައްޒަފުން މަސައްކަތް ކުރަމުންދާއިރު، މީގެ ކުރިން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި މިއީ ކުންފުންޏަށް ލިބޭ އާމްދަނީއާ އަޅާބަލާއިރު ނުބައްދަލު ބޮޑު އަދަދެކެވެ.

މެނޭޖިންގ ޑައިރެކްޓަރު އަފީފް ފާހަގަކުރެއްވި ގޮތުގައި، އެކި ރަށްރަށުގައި ހިންގާ މަޝްރޫއުތަކަށް ބޭނުންވާ މުދަލާއި ސާމާނު ނެތުމުގެ ސަބަބުން މަސައްކަތްތައް ހުއްޓި، ގިނަ އަދަދެއްގެ މުވައްޒަފުން ކުރާނެ މަސައްކަތެއް ނެތި ތިބެންޖެހުމަކީ ކުންފުންޏަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. މި ހާލަތުން އަރައިގަތުމަށް ޓަކައި ޗުއްޓީތައް ހުއްޓާލުމުގެ އިތުރުން، އަމިއްލައަށް ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ އެއްފަހަރާ ލިބޭ ގޮތަށް ޚާއްސަ ސްކީމެއްވެސް ކުންފުނިން ވަނީ ތައާރަފުކޮށްފައެވެ. މި ފިޔަވަޅުތަކުގެ ބޭނުމަކީ ކުންފުނީގެ އިދާރީ ހިންގުމާއި މުސާރައިގެ ހަރަދުތައް ކުޑަކޮށް، އޮޕަރޭޝަނަލް ކަންކަމަށް ބޭނުންވާ މުދާ ހޯދުމަށް މާލީ ތަނަވަސްކަން ހޯދުމެވެ.

މީގެ އިތުރުން، ކުންފުނީގެ ހުރިހާ މުވައްޒަފުންގެ ފުލުހުންގެ ރިޕޯޓު ހޯދައި ހެޑް އޮފީހަށް ހުށަހެޅުމަށްވެސް މިހާރު ވަނީ އަންގާފައެވެ. ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ގާނޫނުގެ ދަށުން ކޮންމެ މުވައްޒަފަކަށްވެސް އަހަރަކު 30 ދުވަހުގެ މުސާރަ ލިބޭ އަހަރީ ޗުއްޓީއާއި ބަލީގެ ޗުއްޓީ ފަދަ ޗުއްޓީތައް ލިބުމުގެ ހައްގު އޮތް ނަމަވެސް، ފެނަކައިގެ މިހާލަތުގައި މި ހައްގުތައް ވަގުތީ ގޮތުން ހިފަހައްޓާފައިވަނީ ކުންފުނީގެ އޮނިގަނޑު އިސްލާހުކުރުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: