ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ލޯކަލް މާރުކޭޓުގެ ގޮޅިތަކާއި ގާޑިޔާތައް ސާފުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގައި ހަލުވިކަމައެކު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން، ލޯކަލް މާރުކޭޓް ގޮޅިތަކާއި ގާޑިޔާތައް ސާފުކޮށްފިއެވެ.

މާލޭސިޓީ ކައުންސިލުން ބުނީ، ލޯކަލް މާރުކޭޓްގެ ގޮޅިތަކާއި، ގާޑިޔާތައް ހިންގާފަރާތްތަކާއި ކައުންސިލާއި ގުޅިގެން، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ(ޑަބްލިޔުއެޗްއޯ)އިން އަންގަވާފައިވާ މިންގަނޑަށް މިއަދު އެ ތަންތަން ސާފުކޮށްފައިވާނެކަމަށެވެ.

މާލެސިޓީ ކައުންސިލުން މިއަދު މި ހަރަކާތްތަށް ކުރިއަށް ގެންގޮސްފައިވާއިރު، އެ އިދާރާއިންވަނީ ބާޒާރުމައްޗާއި ފިހަރަތަކާއި، ފިހާރަތައް ހިމެނެ ސަރަޙައްދުތަކާއި، މަސްމާރުކޭޓާއި، މަސްމާރުކޭޓާއި ގުޅިފައިވާ ތަންތަން ސާފުކުރުމަށް ނިންމާފައެވެ. މީގެ އިތުރުން، ކޮވިޑް-19 އަށް ރައްކާތެރިވުމުގެ ގޮތުން، ޕާކްތަކާއި ޢާންމުން ޖަމާވެއުޅޭ ތަންތަން މިހާރުވަނީ ބަންދުކުރެވިފައެވެ. ހަމަ އެހެންމެ ޕާކުތައް ބަލަހައްޓާ ފަރާތްތަކަށް މަޢުލޫމާތުދީ މިހާރުވަނީ ރަސްރަނި ބަގީޗާ ވެސް ސާފުކުރެވިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: