މިހާރު ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމުގެ ގޮތުން މާލޭގެ މާފަންނު މެދު ދާއިރާ ޑިސްއިންފެކްޓް ކުރުމުގެ ހަރާކަތެއް އެ ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ގެ އިސްނެގުމުގެ މަތިން ފަށައިފިއެވެ.
މާފަންނު މެދު ދާއިރާގެ މަގުތައް ޑިސްއިންފްކްޓް ކުރުމުގެ ހަރަކާތް ފަށާފައި މިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލްއިން އިންތިހާބުގައި މާފަންނު މެދު ދާއިރާއަށް ވާދަ ކުރައްވާ ކެންޑިޑޭޓުގެ ވެސް ބައިވެރިވުމާއިއެކު ޑރ އުސާމާގެ ލަފަޔާއި އިރުޝާދުގެ ދަށުންނެވެ.
https://twitter.com/mdp_t11/status/1238512303110119425?s=21
ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް ކަމާއި ބެހޭ އިދާރާތަކުން އަޅުއްވަމުން ގެންދަވާއިރު ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމުގެ ގޮތުން މާލޭގެ މަގުތައް ޑިސްއިންފްކްޓް ކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ކުރަން ފެށީ މާފަންނު މެދު ދާއިރާގައިކަން ފާހަގަ ކޮށްލަން ޖެހެއެވެ.
https://twitter.com/mdp_t11/status/1238517967333122051?s=21
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންނާއި މަޖިލިސް މެމްބަރުން ކޮރޮނާ ވައިރަސްއިން ރައްކާތެރިވުމުގެ ގޮތުން ތަފާތު އެކިއެކި ހަރަކާތްތައް ހިންގާ އާންމުން ހޭލުންތެރި ކުރުމުގެ ޕްރޮގުރާމްތައް ހިންގަމުންދާއިރު އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި އެމްޑީޕީގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެ ކަމަށެވެ.
އެގޮތުން ކޮރޯނާ ވައިރަސްއިން ރަްކާތެރިވުމުގެ ގޮތުން ރައްޔިތުން ހޭލުންތެރި ކުރުމަށް ޕާޓީގެ ފަރާތުން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

