ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިގެން ކުރިއަށް

ނިމިދޔަ ކައުންސިލް އިންތިހާބުގައި ވޯޓުލާ މަންޒަރު --- ފޮޓޯ :ގާފު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ގޮނޑީގެ ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފިއެވެ.

އެ ބައި އިލެކްޝަންގައި ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 8:00ގައެވެ. ވޯޓުލުން ކުރިއަށްދާނީ ހަވީރު 16:00އާ ހަމައަށެވެ.

މި އިންތިހާބުގައި ވޯޓުން މާލޭގައި ކުރިއަށްދަނީ ދަރުމަވަންތަ ސްކޫލުގައެވެ. އެ ސްކޫލުގައި ދެ ފޮއްޓެއް ބަހައްޓާފައިވާއިރު، އައްޑޫ ހިތަދޫ ސްކޫލުގައި ބެހެއްޓި ފަސް ފޮއްޓަށް ވެސް ވޯޓުލުން ދަނީ ކުރިއަށެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 4121 މީހުންނަށް ލިބިގެންވެއެވެ. އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިއަދު ހެނދުނު 9:00އާ ހަމައަށް ވޯޓުލާފައި ވަނީ 280 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 6.8 ޕަސެންޓެވެ.

މި އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ ދެ ދައުރެއްގައި އައްޑޫ ސިޓީގެ މޭޔަރުކަން ކުރެއްވި އަބްދުﷲ ސޯދިގު (ސޯބެ)އެވެ. އަދި ޕީއެންސީގެ ފަރާތުން ވާދަކުރައްވަނީ އަހުމަދު ސައީދު (ސޮޑާ) އެވެ.

އައްޑުއަށް ސަންގުގެ ޓީމެއް ގޮސްގެން އަދި މާލޭގައި ތިބި ހިތަދޫ އުތުރު ދާއިރާގެ ވޯޓުލެވޭ މީހުންނާ ސުވާލުކޮށްގެން ސަންގުން ކުރިއަށްގެންދިޔަ ސަރވޭއިން ދައްކާ ގޮތުގައި މި އިންތިހާބު ކާމިޔާބުކުރައްވާނީ އެމްޑީޕީގެ ކެންޑިޑޭޓު ސޯބެއެވެ.

ސަރވޭގައި ބައިވެރިވި 1088 މީހުންގެ ތެރެއިން 57 އިންސައްތަ މީހުން ޖަވާބުދީފައިވަނީ އެ ފަރާތްތަކުން ވޯޓު ދޭނީ އެމްޑީޕީއަށް ކަމަށެވެ. އެއީ 617 މީހުންނެވެ. ޕީއެންސީއަށް ވޯޓު ދޭނެ ކަމަށް ޖަވާބުދިނީ 43 އިންސައްތައެވެ. އެއީ 471 މީހުންނެވެ.

މި ދާއިރާގެ ގޮނޑި ހުސްވީ ކުރީގެ މެމްބަރު މުހައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތުމުން އޭނާގެ މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ. އޭގެ ފަހުން ޕީއެންސީން ބޭއްވި ޕްރައިމެރީ ސިނާން ކާމިޔާބު ކުރެއްވި ނަމަވެސް، ރައްޔިތުންގެ ވިންދާ އެއްގޮތަށް ކުރިޔަށް ދިއުމަށްކަމަށް ބުނެ ސިނާން ޓިކެޓު ދޫކޮށްލެއްވީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: