ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާއިން ރާއްޖެ އަށް ހަދިޔާކުރި ބޭސްތައް ސަރުކާރާ ހަވާލުކޮށްފި

އިންޑިއާއިން ރާއްޖެ އަށް ހަދިޔާކުރި ބޭސްތައް ސަރުކާރާ ހަވާލުކޮށްފި
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް އާ ދެކޮޅަށް ދިވެހިރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކަށް އެހީތރިކަން ފޯރުކޮށްދިނުމަށް އަވައްޓެރި އިންޑިއާއިން ރާއްޖެއަށް، ތިން މަސް ދުވަހަށް ބޭނުންވާ ބޭސް މިއަދު ހަވާލުކޮށްފި އެވެ.

އެކަމަށް ޙާއްސަކޮށް ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެ ތަކެއްޗާއި ހަވާލުވެވަޑައިގެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއެވެ. އަދި ރާއްޖެއާއި އެތަކެތި އިންޑިއާގެ ފަރާތުން ހަވާލުކުރައްވާފައިވަނީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރެވެ. ރަސްމިއްޔާތަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޝާހިދު ވިދާޅުވީ، އިންޑިއާއިން ރާއްޖެ އަށް 53 ބޭހެއް ހަދިޔާކޮށްފައިވާ ކަމަށެވެ. އަދި ހަދިޔާ ކުރި ބޭސްތަކުގެ ތެރޭގައި މި ދުވަސްވަރު އެ ގައުމުން އެކްސްޕޯޓްކުރުން ކޮންޓްރޯލް ކޮށްފައިވާ ބޭސް ވެސް ހިމެނެ އެވެ.

ޝާހިދު ވިދާޅުވީ އިންޑިއާއަކީ އަބަދުވެސް އެހީއަކަށް ބޭނުންވެއްޖެ ހާލަތުގައި ރާއްޖެއާއި އެންމެ ކައިރިން މަސައްކަތް ކުރާ ގައުމު ކަމަަށެވެ. ވައިރަސް އާއި ދެކޮޅަށް މަސައްކަތް ކުރުމުގައި އެކި އެކި ގައުމުތަކުން ގުޅިގެން މަސައްކަތް ކުރަމުން އަންނަކަން ޝާހިދުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. ކޮންމެ ގައުމަކަށް ވެސް އަވައްޓެރި، ނުވަތަ ގާތް ގުޅުން އޮންނަ ގައުމުތަކުގެ އެހީ މިފަދަ ދަނޑިވަޅުތަކުގައި ބޭނުންވާނެ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

 

އިންޑިއާއިން ރާއްޖެއަށް ތިން މަސްދުވަހަށް ބޭނުންވާ ބޭސް ހަދިޔާ ކުރުން

އިންޑިއާއިން ރާއްޖެއަށް ވަމުން އަންނަ އެހީތެރިކަން ފާހަގަކޮށް ޝާހިދުވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ފޮރިން މިނިސްޓަރު ޖައިޝަންކަރާއަށް ޝުކުރު އަދާކުރައްވާފައެވެ.

ބޭހުގެ އިތުރުން، އިންޑިއާ ސަރުކާރުން ރާއްޖެއަށް ފޮނުވި މެޑިކަލް ޓީމުވެސް އިއްޔެ ވަނީ އައިސްފަ އެވެ. އެ ޓީމު މިހާރުވެސް ރާއްޖޭގެ ކަމާބެހޭ ސިއްހީ އިދާރާތަކާއެކު ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ހެލްތް މިނިސްޓަރު އަމީން ވަނީ އެ ޓީމާއި ބައްދަލުވެސް ކުރައްވާފައެވެ.

 

https://twitter.com/abdulla_shahid/status/1238802708305293313

ކޮރޯނާ ވައިރަސްއަށް ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ އަދަދު މިހާތަނަށް ވަނީ 10 އަކަށް އަރާފައި އެވެ. ކޮރޯނާ ވައިރަސްއަށް ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ މުޅިން ވެސް ބިދޭސީންނެވެ. ވައިރަސް ފެތުރެމުންދާތީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެއީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް 30 ދުވަހުގެ މުއްދަތަކަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: