ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އިސްތިއުފާ ދެއްވައިފި

ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލީ ވަޒީރު މޫސާ ޒަމީރު މިއަދު ވަޒީރުކަމުން އިސްތިއުފާ ދެއްވައިފިއެވެ.

މި ސަރުކާރު ފެށުނީއްސުރެ ވަޒީރަކަށް ހުންނެވި ޒަމީރު އެންމެ ފުރަތަމަ އަދާކުރެއްވީ ހާރިޖީ ވަޒީރުކަމެވެ. އޭގެ ފަހުން ސެޕްޓޭމްބަރު 30، 2024ގައި ކެބިނެޓަށް ގެންނެވި ބަދަލާއެކު ޒަމީރު ބަދަލުކުރީ މާލީ ވަޒީރުކަމަށެވެ.

ޒަމީރު އިސްތިއުފާދެއްވިކަން ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވަނީ ”ސަންގަށް“ ކަށަވަރުކޮށްދެއްވައިފައެވެ.

މީގެ ކުރިން ޒަމީރު ވަޒީރުކަމުން ވަކިކުރަން އުޅޭ ކަމަށް އަޑުތަކެއް ފެތުރުނެވެ. އޭރު ސަންގުން އެކަމާ ގުޅިގެން ސުވާލުކުރުމުން ޒަމީރު ވިދާޅުވެފައިވަނީ އެފަދަ މައުލޫމާތެއް އޭނާއަށް ލިބިވަޑައިނުގަންނަވާ ކަމަށެވެ.

ސަރުކާރާ ދުރަށް ވަޑައިގަންނަވާނެތޯ ސުވާލުކުރުމުން ޒަމީރު ވިދާޅުވީ، މި ސަރުކާރު ހިންގާ ޕާޓީއަކީ އޭނާގެ ވެސް ޕާޓީ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ ދުރަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ޒަމީރު ވަނީ ވަޒީރުކަަން ކުރައްވައިފައެވެ. އޭރު އޭނާ ހުންނެވީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: