ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައެއް ރަށްތަކުގެ ކައުންސިލް އެސްޖީ، ކައުންސިލް ރައީސާއި އާއިލީ ގުޅުން އޮތުމުން މައްސަލަތަކެއް!

މާލެ ސިޓީ ކައުންސިލްގެ މެމްބަރުން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނަރަލް (އެސްޖީ) އާއި ކައުންސިލަށް އަލަށް އިންތިހާބުވި މެންބަރުންނާ އާއިލީ ގާތް ގުޅުން އޮތުމުގެ ސަބަބުން މަސްލަހަތު ފުށުއަރާ ބައެއް މައްސަލަތަކެއް ފެންމަތިވެއްޖެ އެވެ.

މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ ތ. ކިނބިދޫ ކައުންސިލުންނެވެ. އެ ކައުންސިލްގެ އެސްޖީގެ އެއްބަނޑުއެއްބަފާ ކޮއްކޮއަކީ ކައުންސިލަށް އިންތިހާބުވި އައު ރައީސެވެ. ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ނިންމާފައިވަނީ، އެސްޖީގެ މަގާމުގައި ހުންނެވި ފަރާތް މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް، އެ ޒިންމާތައް އެހެން މުވައްޒަފަކާ ހަވާލުކުރުމަށެވެ. ނަމަވެސް، ކައުންސިލްގެ ދައުރު ނިމެންދެން އޭނާއަށް އެ އިދާރާގައި ވަޒީފާ އަދާކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ވަނީ ނިންމާފައެވެ.

ކިނބިދޫގެ އިތުރުން ހދ. ހަނިމާދޫ އާއި ށ. ބިލެއްފަހީގައި ވެސް މިފަދަ މައްސަލަތަކެއް ވަނީ ކުރިމަތިވެފައެވެ. ށ. ބިލެއްފަހީގެ ކައުންސިލް ރައީސާއި އެސްޖީއަކީ ދެމަފިރިންނެވެ. އަދި ހދ. ހަނިމާދޫ ކައުންސިލްގެ ރައީސާއި އެސްޖީއަކީ އެއްބަނޑުއެއްބަފާ ދެބެއިންނެވެ. މި ދެ ރަށުގެ އެސްޖީން ވެސް ނިންމާފައިވަނީ އެހެން ރަށަކަށް ބަދަލުވުމުގެ ބަދަލުގައި، މަސްއޫލިއްޔަތުތަކުން އެކަހެރިވެގެން ނަމަވެސް އަމިއްލަ ރަށުގައި މަސައްކަތް ކުރުމަށެވެ.

ބ. ދަރަވަންދޫ ކައުންސިލްގައި ވެސް މިފަދަ މައްސަލައެއް ދިމާވުމުން، އެ ރަށުގެ އެސްޖީ ވަނީ ބ. ތުޅާދޫ ކައުންސިލަށް ބަދަލުވުމަށް ނިންމާފައެވެ.

ސިވިލް ސާވިސްގެ ގާނޫނާއި ގަވާއިދުތައް ބުނާގޮތުން، އިދާރާއެއްގެ ޒިންމާދާރު އިސްވެރިޔާއަކީ އެ އޮފީހެއްގެ މުވައްޒަފެއްގެ ގާތް އާއިލީ މީހަކަށް ވެގެން ނުވާނެއެވެ. މީގެ ތެރޭގައި މަންމަ، ބައްޕަ، ދަރިން، ދެމަފިރިން އަދި އެއްބަނޑުއެއްބަފާ މީހުން ހިމެނެއެވެ.

ސީއެސްސީން މި މައްސަލަތަކުގައި ކުރިން ނިންމާފައި އޮތީ އެސްޖީން އެހެން ރަށަކަށް ބަދަލުކުރުމަށެވެ. ނަމަވެސް، ބައެއް ކަންބޮޑުވުންތަކުގެ ސަބަބުން ކޮމިޝަނުން ނިންމާފައިވަނީ، ވަޒީފާގައި ދެމިހުރެވޭނެ ގޮތަށް އެސްޖީގެ ޒިންމާތަކުން އެކަހެރިކޮށް ބެހެއްޓުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: