ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒަމީރު އިސްތިއުފާ ދިނުމުން، ރައީސް މުއިއްޒު ވެސް ޖެހޭނީ ވެރިކަމުން ފައިބަން: ރައީސް ނަޝީދު

ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިނުގެ ތެރެއިން ބައްދަލުވުމެއްގައި ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ/ ފޮޓޯ: ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމެއްގެ މާލީ ހާލަތު ގޯސްވެގެން ފިނޭންސް މިނިސްޓަރު އިސްތިއުފާ ދެއްވުމުން، ދެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ޖެހޭނީ އެ މަގުން ވެރިކަމުން ފައިބައިވަޑައިގަންނަވަންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ގއ. މާމެންދޫއަށް ވަޑައިގެން ރަށުގެ އާންމު މެމްބަރުންނާއި ބައްދަލު ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ މާލީ ހާލަތު އިންތިހާއަށް ގޯސްވެ، ދައުލަތުގެ ހަޒާނާ ހުސްވެފައިވާ ދަނޑިވަޅެއްގައި ޒަމީރުގެ އިސްތިއުފާ އައުމަކީ ނުރައްކަލުގެ ރަނގަބީލެއްކަމަށެވެ. އަދި މިފަދަ ނާގާބިލު ނިންމުންތަކުގެ ސަބަބުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް އިސްތިއުފާ ދޭންޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، ޒަމީރު އިސްތިއުފާ ދެއްވީ ގައުމުގެ ދަރަނީގެ މައްސަލަ ބޮޑުވެ، ބޭރުގެ ދަރަނި އަނބުރާ ދެއްކޭނެ ގޮތެއް ނެތުމުންނާއި، ދައުލަތުގައި ޑޮލަރެއްހާ މިންވަރުވެސް ނެތުމުން ކަމަށެވެ. ބޭކާރު ޚަރަދުތައް ކުޑަކުރުމަށް ތަކުރާރު ޒަމީރު އެދުނު ނަމަވެސް، ސަރުކާރުން އެކަމަށް އިޖާބަދީފައި ނުވާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ގައުމު ގޯސް ހާލަތަކަށް ވެއްޓިގެންދާއިރު، ދެން އިތުރަށް ކުރެވޭނެކަމެއް ނެތުމުން ޒަމީރު އިސްތިއުފާ ދެއްވީ ކަމަށެވެ.

އެހެންވެ ޑރ މުއިއްޒަށް ލިބިވަޑައިގަތީ ޓިކެޓް. ދެން ވެރިކަމަށް ވަޑައިގެންފަ ޕީޕީއެމް އުވާލަން ރައީސް އެރިވަޑައިގަތީމާ އެކަމެއް ވެސް ޣަސްސާން ކުރެއްވީ. ދެން މިއަދު ޣަސްސާން ނަގާ އެއްލާލައިފި. ޑރ މުއިއްޒުގެ ބޭވަފާތެރިކަމަކީ ދިވެހިން ބަލައިގަންނަ ކަމެއް ނޫން. ދިވެހިން ކަންބޮޑުވާ ކަމެއް ބޭވަފާތެރިކަމަކީ. ވަފާތެރިކަމެއް ނެތުނީމަ، ތެދުވެރިކަމެއް ނެތުނީމަ، އިޚްލާސްތެރިކަމެއް ނެތުނީމަ. އެއީ ދިވެހިން ކަންބޮޑުވާ ކަންކަން. ރައީސް ޔާމީނާއި ދޭތެރޭ ކަންތައް ކުރި ގޮތް. އަދި ޣައްސާން ދޭތެރޭގަ ކަންތައް ކުރެއްވިގޮތް. އަދި އެހެންވެސް ކިތަންމެ ވަޒީރުންނެއް އެބޭފުޅާއަށް މިވެރިކަން ހޯއްދަދިނުމުގައި އިސްދައުރެއް އަދާކުރެއްވި ކިތަންމެ ވަޒީރުންނަކާ ދޭތެރޭގައި އެ ޢަމަލުކުރެއްވި ބޭވަފާތެރި ގޮތް. އެއީ ދިވެހިން ބަލައިގަންނާނެ ގޮތެއް ނޫން. ދެން އަޅުގަނޑަށް ފެންނަ ފެނުމުގައި މި ބޭފުޅާގެ ކަންތައް އެންމެ ފަހުން ނިމޭނީ ފަސް ޕަސެންޓަށް އެބޭފުޅާ ތިރިވެވަޑައިގަންނަވާ ދުވަހު..

މީގެ އިތުރުން ރައީސް މުއިއްޒުގެ މަގުބޫލުކަން އިންތިހާއަށް ގެއްލިފައިވާކަމަށް ތަކުރާރު ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، ވެރިކަމަށް ވަޑައިގަތުމަށް އެހީތެރިވި ފަރާތްތަކަށް ފެންނަނީ ބޭވަފާތެރިވަމުންދާ މަންޒަރު ކަމަށެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ތާއީދާއެކު ވެރިކަމަށް ވަޑައިގަތުމަށް ފަހު 24 ގަޑިއިރު ނުވަނީސް، އެމަނިކުފާނާ ދުރަށް ޖެހިވަޑައިގެންފައުވުމަކީ ރައީސް މުއިއްޒު ކަންކަން ބަލައިނުގަންނަކަމުގެ ހެއްކެއްކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވަނީ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނަކީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް އެންމެ އެހީތެރިކަން ދިން އެކަކުކަމަށާއި ޣައްސާން ރިޔާސީ ޕްރައިމެރީއަށް ވާދަނުކުރެއްވީ ވެސް އެ ސަބަބާއި ހުރެކަމަށް ވިދާޅުވެފަ އެވެ. ޣައްސާނުގެ އެހީގައި ވެރިކަމަށް އައުމަށް ފަހު މިއަދު އޭނާ ވެސް ”އެއްލާލާފައިވާ“ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމުން ދުރުކުރާނެކަމަށް ދައްކަމުން ގެންދަވާ ވާހަކައަކީ ހަގީގަތްކަމަށާއި މި ވެރިކަން، ވަރަށް ސާދާކޮށް ނިންމާލާނެ ކަމަށެވެ. އަދި ރައީސް މުއިއްޒުގެ މަގުބޫލުކަން ފަސް އިންސައްތައަށް ވެއްޓޭނެ ދުވަސް ދުރުނޫންކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރައީސް މުއިއްޒުގެ ކިބައިގައި ހުރި ބޭވަފާތެރިކަމުގެ ސަބަބުން އެމަނިކުފާނުގެ މަގުބޫލުކަން އިންތިހާއަށް ގެއްލިފައިވާކަމަށެވެ.

މީގެ އިތުރުން، މި ވެރިކަން ހޯދައިދިނުމުގައި އިސްދައުރެއް އަދާކުރެއްވި ކިތަންމެ ވަޒީރުންނަކާ މެދުވެސް ރައީސް މުއިއްޒު އަމަލުކުރެއްވީ ބޭވަފާތެރިކަމާއެކުކަމަށާއި، ވަފާތެރިކަމާއި އިހުލާސްތެރިކަން ނެތުމަކީ ދިވެހިން ނުހަނު ނަފްރަތު ކުރާކަމެއްގެ ގޮތުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: