ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްކޫލްތައް އިތުރު އެއް ހަފްތާއަށް ބަންދުކޮށް ގޭގައި ޓިއުޝަން ދިނުން މަނާކޮށްފި

މަބްރޫކް އަޒީޒް: ފޮޓޯ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރރެމުންދާ ކޮރޯނާ ވައިރަސްއަށް ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން ސްކޫލްތައް އިތުރު އެއް ހަފްތާއަށް ބަންދުކޮށް ޓީޗަރުން ގޭގެއަށް ގޮސް ޓިއުޝަން ދިނުން މަނާކޮށްފިއެވެ. 

މިހާރު ރާއްޖޭގައި ކޮރޯނާ ވައިރަސްގެ ހާލަތު އޮތް ގޮތް ސާފްކޮށްދިނުމަށް ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮރޯނާ ވައިރަސްގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަަޒީޒް ވިދާޅުވީ ސްކޫލްތައް އިތުރު އެއް ހަފްތާއަށް ބަންދު ކުރުމަށް ފަހު ސްކޫލް ކުދިންނަށް އޮންލައިންކޮށް އަދި ގޭގައި ތިބެގެން ކިވަތައިދެވޭނެ ގޮތުގެ އިންތިޒާމް މިހާރު ސަރުކާރުން ހަމަޖައްސަމުންދާ ކަމަށެވެ. 

މީގެއިތުރުން ސްކޫޅްތައް އަދި ކޮލެޖް ޔުނިވާސިޓީތައް ބަންދުކޮށްފައިވާއިރު ކުދިން ޓިއުޝަން ސެންޓަރުތަކަށް ފޮނުވުމާއި އަދި ޓީޗަރުން ގޭފެއަށް ގޮސް ޓިއުޝަން ދިނުން މިވަގުތު ހުއްޓާލުމަށް ސަރުކާރުން އަންގާ ކަމަށެވެ. 

އެޑިއުކޭޝަން މިނިސްޓްރީއިން މިހާރު ދަނީ ދަށު ގްރޭޑްތަކަށް ވެސް އޮންލައިންކޮށް ކިޔަވައިދިނުމަށް ތައްޔާރުވަމުންނެވެ. އެހެންވެ، އިންޓަނެޓާއި ޓީވީ ނުލިބޭ ދަރިވަރުން ހޯދުމުގެ މަސައްކަތް ވެސް އެޑިއުކޭޝަނުން ވަނީ ފަށާފަ އެވެ.

ކޮވިޑް-19އާ ގުޅިގެން ސަރުކާރުން އެކި ފިޔަވަޅުތައް އަޅަމުންދާއިރު މިހާތަނަށް 13 މީހަކު ވަނީ ރާއްޖޭގައި އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: