މިހާރު މުޅި ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވޭ މީހަކު ކަރަންޓީން ކޮށްފައި ވަނިކޮށް ހޮޓަލަށް، ކޮފީއަށް ދިއުމަކީ ގާނޫނީ ކުށެއް ކަމަށް ޕްރޮސިކިޔުޓަރ ޖެނެރަލް ހުސެން ޝަމީމް ވިދާޅުވެއްޖެއެވެ.
ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވޭ ބައެއް މީހުން ގޭގައި އެކަހެރިކުރަމުންދާއިރު ބައެއް މީޙުން ކަރަންޓީބް ކޮށްފައިވަނިކޮށް ގެއިން ބޭރަށްދާ ކަމަށް ބުނެ އަޑުތައް ފެތުރިފައިވަނިކޮށް ޕީޖީ ޝަމީމް ކުރެއްވި ޓުވިޓްތަކެއްގައި ވިދާޅުވީ
ގާނޫނުލް އުގޫބާތުގެ 120 (ރ) ގެ 1: ނަންބަރުގައި ބުނެފައިވާ ދަރަޖަ ކުރުން. ކުށުގެ ޢަމަލު ހިންގީ އިންސާނާގެ ފުރާނައަށް އެއްެވެސް ފަރުވާލެއް ނެތް ގޮތުގައިކަމުގައި ރަމްޒުކޮށްދޭ ޙާލަތެއްގައި (މިސާލަކަށް ކަރަންޓީނު ކޮށްފައި ހުއްޓާ ހޮޓަލަށް ކޮފީއަށް ދިއުން) ކަމުގައިވާނަމަ، އެ ކުށަކީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެއް ކަމަށެވެ. އެއީ ޖަލު ހުކުމެކެވެ.
ހަމައެހެންމެ މީހަކު ފަރުވާލެއްނެތި ކުރާ ޢަމަލެއްގެ ސަބަބުން، އެހެންމީހަކަށް، އޭނާ މަރުވެދާނެކަމުގެ ނުވަތަ އޭނާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެކަމުގެ ބިރެއް ކުރިމަތިކުރުވައިފިނަަމަ، އެ ޢަމަލު ހިންގި މީހާ އެކުރަނީ ކުށެއްކަން ޕީޖީ ވަނީ ހާމަ ކުރައްވާފައެވެ.
ކޮރޯނާ ވައިރަސްއަށް ޕްޒިޓިވް 13 މީހުން މިހާތަނަށް ދިވެހިރާއްޖެއިން ފެނިފައިވާއިރު ވައިރަސްއަށް ޝައްކުކުރެވޭ ބައެއް މީހުން ގޭގައި ދަނީ އެކަހެރި ކުރަމުންނެވެ. އަދި ގޭގައި އެކަހެރި ކުރާ އެއްވެސް މީހަކު އެ މީހަކު އެ އެކަހެރިކުރާތަނުން ބޭރަށް ނުދިއުމަށް ސަރުކާރުން ވަނީ އަންގާފައެވެ.

