ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިސީޔޫގެ އެނދުގެ ޖާގަ އިތުރުު ކުރަނީ، އަމާޒަކީ ހުރިހާ ފެސިލިޓީއާއި އެކު 200 އެނދު ތައްޔާރު ކުރުން!

އައިސީޔޫގެ އެނދުގެ ޖާގަ އިތުރުު ކުރަނީ، އަމާޒަކީ 200 އެނދު ތައްޔާރު ކުރުން!
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާއިން އުފަންވެ ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސްގެ 13 ޕޮޒިޓިވް ކޭސްއެއް ރާއްޖެއިން ފެނިފައިވާއިރު މި ވައިރަސްއާއި ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން އައިސީޔޫގައި ހުރި އެނދުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ރާއްޖެއިން ފެނުނު ކޮރޯނާ ވައިރަސްގެ ޖުމްލަ އަދަދު 13 އަކަށް ވަނީ އާރާފައެވެ. އަދި މިވަގުތު ފަރުކޮޅު އައިސޮލޭޝަން ފެސިލިޓީގައި އާއި ވިލިވަރު ކަރަންޓީން ފެސިލިޓީގައި ބައެއް މީހުން އެބަތިއްބެވެ.

ވައިރަސް ފެތުރިޔަ ނުދިނުމަށްޓަކާ އަޅާ ފިޔަވަޅުތަކުގެ ދަށުން، ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް 30 ދުވަހުގެ މުއްދަތަކަށް އިއުލާނުކޮށްފައެވެ. އެޗުޕީއޭގެ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ވަނީ އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ލިބޭ ބާރުތަކުން މުހިންމު ތިން ފިޔަވަޅެއް އަޅާފަ އެވެ. އެގޮތުން އެޗްޕީއޭއިން ވަނީ މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ހޮޓެލްތަކަށް ގެސްޓުން ގެނައުން ވެސް މަނާކޮށްފަ އެވެ. އަދި ރިސޯޓުތަކުން ރަށްރަށަށް މީހުން އެރުން ވެސް މަނާކޮށްފަ އެވެ. އަދި ރާއްޖޭގެ ހުރިހާ ޔުނިވާސިޓީތަކާއި ކޮލެޖްތައް އަދި ތައުލީމްދޭ ހުރިހާ މަރުކަޒެއް ދެ ހަފުތާގެ ދުވަހަށް ބަންދު ކުރުމަށް ވެސް ވަނީ އަންގާފަ އެވެ. މީގެކުރިން ރާއްޖޭގެ ސްކޫލްތައް ވަނީ ހުޅުވުން އެއް ހަފުތާއަށް ލަސްކޮށްފަ އެވެ. ނަމަވެސް އޮންލައިންކޮށް ކިޔަވައިދިނުމަށް ދަނީ ތައްޔާރުވަމުންނެވެ.

ވައިރަސްއާއި ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް، ސަރުކާރުން ކޮންމެ ދުވަހަކު ދެ ފަހަރު ނޫސްވެރިންނާއި ހިއްސާކުރެއެވެ. އެގޮތުން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން މިކަމަށް ހާއްސަކޮށް ކަނޑައަޅާފައިވާ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ވައިރަހާ ގުޅިގެން އައިސީޔޫ އެނދުގެ ޖާގަވެސް އިތުރު ކުރަމުންދާ ކަމަށެވެ. އެގޮތުން އަމާޒަކީ 200 އެނދު ތައްޔާރު ކުރުން ކަމަށާއި، އެކަަށް ބޭނުންވާ ހުރިހާ އިކުއިޕްމެންޓުތައް ވެސް ލިބި މަސައްކަތް ކުރިޔަށްދާކަން މަބްރޫކް ވަނީ ފާހަގަކުރައްވާފައެވެ.

މަބްރޫކް ވަނީ، އައިސޮލޭޝަން އާއި ކަރަންޓީން ފެސިލިޓީތައް ވެސް އިތުރު ކުރުުމުގެ މަސައްކަތް ކުރިޔަށްދާކަން ފާހަގަކުރައްވާފައެވެ. ވިލިވަރުގެ ޖާގަ 100 އަށް އިތުރުކުރާއިރު، އއ. ވެލިދޫގައި ހިންގަމުން އައި ވެލިދޫ އައިލެންޑް ރިސޯޓު ވެސް ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ތަރައްގީކުރަމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ވިލިވަރުގެ ޖާގައަކީ 30 އެވެ. އަދި ފަރުކޮޅުފުށީގެ ޖަގަ އަކީ 50 އެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ ވިދާޅުވީ ވައިރަހަށް ޓެސްޓް ކުރުމަށް ބޭނުންކުރާ އިތުރު ކިޓް ތަކައް ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 5،000 ސްކްރީނިން ކިޓާއި، އަދި 1،000 ކިޓަކީ ސީދާ ކޮވިޑް19 ހުރިތޯ ބަލަން ޓެސްޓު ކުރާ ކިޓުތަކެއް ކަމަށެވެ. މަބްރޫކް ފާހަގަކުރެއްވި ގޮތުން ސްކްރީން ކިޓަކީ ކޮރޯނާ ވައިިރަހުގެ އެއްވެސް މިންވަރެއް ހަށިގަނޑުގައި ހުރިތޯ ބެލުމަށް ބޭނުންކުރާ ކިޓުތަކެކެވެ. 

މިހާތަނަށް ރާއްޖޭގެ ހަތަރު ރިސޯޓަކާއި ސަފާރީއަކުން 13 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 9 މީހަކު ނިސްބަތް ވަނީ އިޓަލީއަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: