ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެއިން ވައިރަސްއަށް ޓެސްޓް ކުރި ދިވެހި މީހާ ނެގެޓިވް!

ހުޅުމާލެއިން ވައިރަސްއަށް ޓެސްޓް ކުރި ދިވެހި މީހާ ނެގެޓިވް!
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސްއަށް އަނަންތަރާ ދިގު ރިސޯޓުން ޕޮޒިޓިވް ވި މީހުންނާ ޑައިރެކްޓް ކޮންޓެކްޓްވި ދިވެހި މީހާ އެ ވައިރަހަށް ނެގެޓިވްކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ކޮންޓެކްޓް ޓްރޭސިން ހެދުމުގެ ތެރޭގައި އެ މީހާ އަނަންތަރާ ދިގު ރިސޯޓްގައި ވައިރަހަށް ޕޮޒިޓިވްވި މީހުންނާ ޑައިރެކްޓް ކޮންޓެކްޓްވިކަމަށް އެނގިގެން، ބެލި ބެލުމުގައި އޭނާ އެވަގުތު ހުރީ ހުޅުމާލޭގައެވެ. އަދި އޭނާ ހުޅުމާލެއިން ފަރުކޮޅުފުއްޓަށް ގެންގޮސް ސާމްޕަލް ނެގީ ރޭގެ ވަގުތެއްގައެވެ. އެޗްޕީއޭއިން މިރޭ ކުރި ޓްވީޓެއްގައި ބުނީ އޭނާގެ ނަތީޖާ ނެގެޓިވް ކަމަށާއި، އަދި ވެސް އޭނާ މޮނީޓަރ ކުރަމުންދާނެ ކަމަށެވެ.

އަނަންތަރާ ދިގު ރިސޯޓުން ކޮރޯނާއަށް ޕޮޒިޓިވް ވެފައިވަނީ އެ ރިސޯޓުގައި، ޗުއްޓީ ހޭދަކުރަމުންދިޔަ ބިދޭސީ ދެމަފިރިއެކެވެ. އެ ދެ މީހުން ވެސް މިހާރު ތިބީ ފަރުކޮޅުފުށީގަ އެވެ. އަދި އެ މީހުންނާއި އެކި ގޮތްގޮތުން އަނަންތަރާ ދިގު ރިސޯޓްގައި ވަނީ އައިސޮލޭޓުކޮށްފައެވެ.

ރާއްޖޭގައި ކޮރޯޏާ ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 13 އަށް އަރާފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އެއީ އަންނަންތަރާ ދިގު ރިސޯޓްގެ ދެ މީހުންގެ އިތުރުން ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ. ވައިރަސްއަށް ޕޮޒިޓިވް ވީ 13 މީހުންގެ ތެރެއިން 9 މީހުން ނިސްބަތް ވަނީ އިޓަލީއަށެވެ. އަދި ތުރުކީ، ޖަރުމަން ވިލާތާއި ދެކުނު އެފްރިކާގެ އިތުރުން އިނގިރޭސި ވިލާތް މިއިން ކޮންމެ ގައުމަކަށް ވެސް ނިސްބަތްވާ އެކަކު ވަނީ ފެނިފައެވެ. ޕޮޒިޓިވް ވީ މީހުންގެ ތެރޭގައި ހިމެނެނީ 6 ފިރިހެނުންނާއި 7 އަންހެނުންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: