ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޕެއިނުން އައި ދިވެހި މީހާ ވެސް ވައިރަހަށް ނެގެޓިވް!

ސްޕެއިނުން އައި ދިވެހި މީހާ ވެސް ވައިރަހަށް ނެގެޓިވް!
ޝެއާރކޮށްލާ ކަހަލަދޯ؟

އިއްޔެގެ ހަވީރު ސްޕެއިންއިން އެނބުރި ރާއްޖެ އައި ދިވެއްސަކު، ފްލައިޓު މަތީ ކޮރޯނާ ވައިރަސްއަށް ޝައްކުވާ ފަދަ އަލާމާތްތަކެއް ފެނުމުން، އޭނާ އެކަހެރިކޮށް ފަރުކޮޅުފުއްޓަށް ގެންސްގޮސް ހެދި ޓެސްޓުތަކުގެ ނަތީޖާ ނެގެޓިވްކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ސްޕެއިންއަށް ދަތުރުކުރުމަށްފަހު އިއްޔެ ރާއްޖެއައި ގަތަރު އެއާވޭސް ފްލައިޓުން އައި އެ މީހާ، ޓެސްޓު ކުރުމަށްޓަކައި ފަރުކޮޅުފުއްޓަށް ގެންގޮސްފައިވަނީ ބޯޓުން ބޭލުމާއެކު އެވެ. ދިވެހި މީހާގެ ކޮންޓެކްޓް ޓްރޭސިން ހެދުމަށްފަހު އެ ދިވެހި މީހާއާ ކޮންޓެކްޓްވި 12 މީހަކު އެކަހެރިކޮށް ތިބުމަށް އެންގިއެވެ. އަދި ބޯޓުގައި ދެން ތިބި އެހެން މީހުން ވަނީ ދޫކޮށްލާފައެވެ.

ސްޕެއިންއިން އައި މީހާ ވައިރަސްއަށް ނެގެޓިވްވެފައިވާއިރު، އަނަންތަރާ ދިގު ރިސޯޓްގައި ކޮރޯނައަށް ޕޮޒިޓިވްވި މީހުންނާ ޑައިރެކްޓް ކޮންޓެކްޓްވި ދިވެހި މީހާވެސް ޥާޏި އެ ވައިރަހަށް ވަނީ ނެގެޓިވްވެފަ އެވެ.

ރާއްޖޭގައި ކޮރޯނާ ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 13 އަށް އަރާފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އެއީ އަންނަންތަރާ ދިގު ރިސޯޓްގެ ދެ މީހުންގެ އިތުރުން ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: