ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިރާއްޖޭގެ އިޤުތިޞާދަށްކުރާ އަސަރު ކުޑަކުރަން ފުލުހުން ފިޔަވަޅުއަޅަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ކޯވިޑް-19 އާއި ގުޅިގެން، ދުނިޔޭގެ އިޤުތިޞާދަށްކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން، ދިވެހިރާއްޖޭގެ އިޤްތިޞާދަށްކުރާ އަސަރު ކުޑަކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާވިސްއިން ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތަކެއްއަޅަން ނިންމައިފިއެވެ.

ފުލުހުންގެ ތަރުޖަމާނު އިޒްމިޔާ ޒާހިރު ވިދާޅުވީ، ކޮވިޑް-19 އާއި ގުޅިގެން ޚަރަދުތަށް ކުޑަކުރުމަށާއި، ޢާންމު ޞިިއްޙަތު ރައްކާތެރިކުރުމުގެ ގޮތުން ފިޔަވަޅުތަކެއްއަޅަން ނިންމާފައިވާކަމަށެވެ. މި ގޮތުން، ކެއުންބުއިމުގެ ޚަރަދުތަށް ކުޑަކުރުމަށާއި، ޞީއްޙީގޮތުން ގައިގަޔަށް ބަލިއަރާފާނެ ހުރިހާކަމަކުން އެންމެހާ މުވައްޒަފުން ރައްކާތެރިކުރުމަށާއި،ޞިއްޙަތަށް ފައިދާހުރި ކާނާ ބޭނުންކުރުމަށް ބާރުއެޅުމުގެގޮތުން، މިއަދުން ފެށިގެން މާލޭގައި ޤާއިމްކުރެވިފައިވާ ފުލުހުންގެ މެސްރޫމްތަކުގެ ކެއުން ހަމަޖައްސަމުން ގެންދާނީ ސެޓް މެނޫއެއްގެތެރެއިންކަމަށް އިމްޒިޔާ ވިދާޅުވިއެވެ.

މިގެ އިތުރުން އިމްޒިޔާ ވިދާޅުވީ، ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައްފިޔަވައި، އެހެން ދަތުރުތައް މެދުކަނޑާލުމާއި، އަތޮޅުތެރޭގައި ކުރާދަތުރުތަކުގައި ވެސް ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތައްއަޅަން ނިންމާފައިވާކަމަށެވެ.

އިމްޒިޔާ ވިދާޅުވީ، ކޮންމެހެންކުރަންޖެހޭ މަރާމާތުގެ މަސައްކަތްތަށް ފިޔަވައި އެހެނިހެން މަރާމާތުތައް ހުއްޓާލުމަށާއި، ކަރަންޓާއި ފެނުގެ ޚަރަދުތައް ކުޑަކުރުމަށް އިތުރު ފިޔަވަޅުތަކެއްއަޅަން ނިންމާފައިވާކަމަށެވެ.

ހަމަ އެހެންމެ، ދަޢުލަތުގެ ފައިސާ ޚަރަދުކޮށްގެން މުނާސަބަތުތައް ފާހަގަކުރުން ހުއްޓާލުމަށާއި، ކޭޓަރިންއަށް އޯޑަރުދޭއިރު ޑެއިލީ އޯޑަރަށް ބަދަލުކުރުމަށް ނިންމާފައިވާކަމަށެވެ.

މީގެ އިތުރުން އެއްވެ އުޅުމުގެ ހަރަކާތްތައް މަދުކޮށް، ގިނަ މުވައްޒަފުން އެއްވެ އުޅެން ނުޖެހޭނެފަދަ ގޮތަކަށް މަސައްކަތްތައް ރޭވުމުގެގޮތުން، ކޮންމެދުވަހެއްގެ ޑިއުޓީއެއް ފެށުމުގެކުރިން ބާއްވާ ”މާސްޓަރ ޕެރޭޑް“ ތައް ބޭއްވުން، ފުލުހުންވަނީ ވަގުތީގޮތުން ހުއްޓާލައިފައެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: