ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިސޯޓެއްގައި މަސައްކަތްކުރާ މުވައްޒަފަކު ފަތާފައިގޮސް ރަށަކަށް އެރުމުން ހައްޔަރުކޮށްފި

ސައުތު ޕާމް ރިސޯޓް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގައި މިހާރު ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ރާއްޖޭގެ އެހެން ރަށްރަށް އެރުން މަނާކޮށްފައިވަނިކޮށް ފަތާފައިގޮސް ރަށަކަށް އެރި މުވައްޒަފަކު ފުލުހުން ހައްޔަރުކޮށްފިއެވެ. 

ފުލުހުންގެ ތަރުޖަމާން އިޒްމިއާ ޒާހިރު ވިދާޅުވީ  ފަތާފައި ގޮސް އައްޑޫ ސިޓީ މީދޫއަށް އެރީ އައްޑޫސިޓީގައި އޮންނަ ސައުތު ޕާމް ބީޗް ރިސޯޓްގެ މުވައްޒަފެއް ކަމަށެވެ. އިއްޔެ މެންދުރުފަހު އެމީހާ މީދޫއަށް އެރިކަން އެނގުމުން ހައްޔަރުކުރީ ހެލްތު ސެންޓަރަށް ގެންގޮސް ނުރައްކަލެއް ނެތް ކަން ޑޮކްޓަރު އެންގުމުން ކަމަށް އިޒްމިއާ ވިދާޅުވިއެވެ. 

ސައުތު ޕާމް ރިސޯޓުން ފަތާފައިގޮސް އައްޑޫ ސިޓީ މީދުއަށް އެރި މުވައްޒަފު ހައްޔަރު ކުރުމަށް ފަހު ފުލުހުންގެ ތަރުޖަމާން ވިދާޅުވީ ކޮރޯނާ ވައިރަސްއާއި ގުޅިގެން ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކުން އަންގާފައިވާ އެންގުންތައް ފުލުހުން ފުރިހަމައަށް ތަންފީޒް ކުރާނެ ކަމަށާއި އަދި އެންގުންތައް ތަންފީޒް ކުރަމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއްވެސް ކުރާނެ ކަމަށް އިޒްމިއާ ވިދާޅުވިއެވެ. 

ކޮވިޑް-19 އަށް ޕޮޒިޓިވް 13 މީހަކު މިހާތަނަށް ރާއްޖޭން ފެނިފައިވެ އެވެ. އެއީ ހަތަރު ރިސޯޓެއްގައި ތިބި ޓޫރިސްޓުންނާއި ބިދޭސީންގެ އިތުރުން ސަފާރީއެއްގައި ތިބި ބިދޭސީންތަކެކެވެ. އެކަމާ ގުޅިގެން ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ދިއުން ވަނީ މަނާކޮށްފަ އެވެ. އަދި ރާއްޖޭގައި ސިއްހީ ކުއްލި ހާލަތު އިއުލާންކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ވަނީ އަޅާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: