ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީސީގެ މެމްބަރު ކަމުގެ ދެ ވަނަ ދައުރަކަށް އަކްރަމްއަށް މަޖިލީހުން ރުހުން ދީފި

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އަހުމަދު އަކްރަމް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމުގެ ދެ ވަނަ ދައުރަކަށް ކޮމިޝަންގެ މިހާރުގެ ވެސް މެމްބަރި އަދި ކޮމިޝަންގެ ނައިބް ރައީސް އަހުމަދު އަކްރަމް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ. 

އެހެންކަމުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެންމެ ފުރަތަމަ ވޯޓަށް އެހީ ވެސް އަކްރަމްގެ ނަމަށެވެ. އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެންބަރުންގެ އިއްތިފާގުން އެ މަގާމަށް އަކްރަމް އައްޔަން ކުރަން ރުހުން ދިނުމަށް ފާސްވި އެވެ. އެހެންވެ އިތުރު ނަމަކަށް ވޯޓަށް އަހާކަށް ނުޖެހުނެވެ.

އީސީގެ މެންބަރަކު އަލުން އައްޔަން ކުރަން ޖެހިފައި ވަނީ މިހާރު ވެސް އެ ކޮމިޝަންގައި މިހާރު ވެސް ހުންނެވި އަހުމަދު އަކްރަމްގެ ދައުރު ހަމަވާތީ އެވެ. އާ ދައުރަކަށް އޭނާ ކުރިމަތިލެއްވީ އެވެ.

އީސީގެ މެންބަރު ކަމަށް ފުރުސަތު ހުޅުވާލުމުން ފަސް ބޭފުޅަކު އެ މަގާމަށް ކުރިމަތިލެއްވި އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ ނަންތައް މަޖިލީހަށް ފޮނުއްވިއިރު އިސްކަން ދެއްވާފައި ވަނީ ވެސް އަކްރަމް އައްޔަން ކުރުމަށެވެ. ކުރިމަތިލި މީހުންގެ ނަންތައް ދިރާސާކުރި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވެސް އިސްކަން ދިނީ އަކްރަމް އައްޔަން ކުރުމަށެވެ.

އީސީގެ ނައިބު ރައީސް ކަމުގައި ހުންނެވި އަކްރަމަކީ އެ ކޮމިޝަންގެ ތަރުޖަމާނު ވެސް މެ އެވެ. މީޑިއާއާ ވެސް ގާތް ގުޅުމެއް ބާއްވާ އަކްރަމަކީ ވަރަށް ހަލަބޮލި އިންތިހާބުތަކެއްގެ ތަޖުރިބާ ވެސް ހުންނެވި މެންބަރެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: