ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިސްކިތްތަކުގައި ބަންގި ނުހުއްޓޭނެ: ޑރ.ޝަހީމް

ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދު. ފޮޓޯ: ޕެންއެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިސްކިތްތަކުގައި ބަންގި ނުހުއްޓޭނެކަމަށާއި، ބަންގި ގޮވުމުގައި ގޭގައި ނަމާދުކުރަން ގޮވާނެކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމިކް ޔުނިވަރސިޓިގެ ކުރީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައިވަނީ ގޭގައި ނަމާދު ގާއިމުކުރުމަށާއި، މާތްﷲ އަށް ދުޢާކުރުމާއި، މި ވަބާއިން އިސްލާމީ އުންމަތާއި، އެންމެހާ އިންސާނުން ސަލާމަތްކޮށްދެއްވުމަށް ވެރި ރައްބަށް ދެންނެވުމަށް އިލްތިމާސްކުރައްވާފައެވެ.

https://twitter.com/Mohamedshaheem1/status/1240161827167879168?s=20

މީގެ އިތުރުން ޑރ.ޝަހީމް ކުރެއްވި ޓްވީޓެއްގައިވަނީ، މިސްކިތަށް ޖަމާޢަތަށް ނުދެވުނަސް، ގޭގައި ޢާއިލާއާއި އެކީ ޖަމާޢަތުގައި ނަމާދުކުރުމަކީ، ނުހަނު ހެޔޮކަންހުރި ކަމެއްކަމަށާއި، ގެއަކީ މާތްﷲ އަށް ދުޢާދެންނެވުމާއި ޒިކުރުކުރުމުގެ މަރުކަޒުތަކަށް ހެދުމަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.

ހަމަ އެހެންމެ އެހެން ޓްވީޓެއްގައި ވިދާޅުވީ މާލޭ ސަރަޙައްދާއި، ރިސޯޓުތަކުގައި ރައްކާތެރިކަމުގެގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން، ވަގުތީގޮތުން މިސްކިތްތަކުގައި ޖަމާޢަތްހެދުން މަޑު ޖައްސައިލުމަށް އިސްލާމިކް މިނިސްޓްރީން ނިންމެވި ނިންމެވުމަށް ތާއީދުކޮށް، އެ ނިންމުން ދެމެހެއްޓުމަށް އެންމެހައި ލޮބުވެތި ރައްޔިތުންނަށް އިލްތިމާސްކުރައްވާކަމަށެވެ.

https://twitter.com/Mohamedshaheem1/status/1240214965656616960?s=20https://twitter.com/Mohamedshaheem1/status/1240161825527861248?s=20

ޝަހީމް ވިދާޅުވީ އިސްލަމީ ޤައުމުތަކުގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުންވަނީ ވަގުތީ ގޮތުން މަޑުޖައްސާލާފައިކަމަށެވެ. މީގެ އިތުރުން ޝަހީމް ވިދާޅުވީ، ސަޢޫދީގައި އެންމެހާ އެއްވުންތައް ބޭއްވުން މަނާކޮށްފައިވާކަމަށާއި، ރެސްޓޯރެންޓްތަކާއި ފިހާރަތައް ވެސް ބަންދުކޮށްފައިވާކަމަށާއި، މުޅި ސަޢޫދީ ވަނީ ކަރަންޓީނު ކުރެވިފައިކަމަށެވެ.

ދިވެހިރާއްޖޭގައި މި ވަބާ އިތުރުވަމުންދާއިރު، މިއަދު މިވަނީ އަންނަ ހޮނިހިރު ދުވަހުގެ ޢަޞުރުނަމާދާއި ހަމައަށް މިސްކިތްތަށް ވަގުތީގޮތުން ބަންދުކޮށްފައެވެ. މީގެ އިތުރުން، ސުކޫލުތަކާއި، ޓިއުޝަން ކިލާސްތަކާއި، ޤުރުއާން ކިލާސްތަކާއި، ޕާކުތަށްފަދަ މީހުން އެއްވެއުޅޭ ތަންތަން މިވަނީ ބަންދުކުރެވިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: