ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއިން ބޭރުން އަންނަ ހުރިހައި ދިވެހި އެކަހެރި ކުރަން ނިންމައިފި

ރާއްޖެއިން ކޮރޯނާއަށް ޕޮޒިޓިވް ވީ 13 މީހުންގެ ތެރެއިން 9 މީހަކު ނިސްބަތް ވަނީ އިޓަލީއަށް!
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު މުޅިދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމުގެ ގޮތުން ރާއްޖެއިން ބޭރުން އެނބުރި ގައުމަށް އަންނަ ހުރިހައި ދިވެހިން އެކަހެރި ކުރަން ސަރުކާރުން ނިންމައިފިއެވެ. 

އެޗްޕީއޭގެ އެންގުމެއްގައި ވަނީ، މިރޭ ދަންވަރު 12:00 އިން ފެށިގެން އެ އެޖެންސީން ވަކި ގޮތެއް އަންގަންދެން އެމެރިކާއިން ރާއްޖެއަށް އަންނަ ދިވެހިން ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީން ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެހެން ގައުމުތަކުން އަންނަ ދިވެހިން 14 ދުވަހަށް ގޭގައި އެކަހެރި ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭން ބޭރު ގައުމުތަކުގެ ތެރެއިން މިހާތަނަށް ރާއްޖެ އައުން މަނާކޮށްފައިވާ ގައުމުތަކުން ރާއްޖެއަށް އަންނަ ދިވެހިން މީގެ ކުރިން ވެސް ގެންދިޔައީ އެކަހެރި ކުރަމުންނެވެ. އެ އުސޫލަށް މިހާރު ވެސް ދަނީ އަމަލު ކުރަމުންނެވެ.

މީގެއިތުރުން  ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ކަރަންޓީނުވާން އަންގާ އެންގުމާ ހިލާފުވާ ފަރާތްތައް 5000 ރުފިޔާ އިން ޖޫރިމަނާ ކުރަން ވެސް ވަނީ ނިންމާފައެވެ. 

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ސޮއިކުރައްވާ  ނެރުއްވި އެންގުމެއްގައި ބުނެފައިވަނީ ކޮވިޑް-19 ގެ ބަލި ޖެހިފައިވާ މީހަކު ނުވަތަ އެފަދަ ބައްޔެއް ފަތުރާ ވަސީލަތަކަށް ހުށަހެޅިފައިވާ މީހަކު އެކަހެރިކުރުމަށް އަންގަނީ އެ ބަލި އިތުރަށް ފެތުރުން ހުއްޓުވައި، އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

ހަމައެހެންމެ އެފަދަ ކޮންމެ އެންގުމަކަށް ހިލާފުވުމަކީ އާއްމު ސިއްހަތަށް ނުރައްކާވާ ހާލަތަށް މުޖުތަމައުގެ އެހެން ފަރާތްތަށް ހުށަހެޅޭނެ ކަމެއް ކަމަށްވާތީ އެފަދަ އެންގުމަކާ ހިލާފުވާ ކޮންމެ ފަރާތަކާއި މެދުވެސް ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ކަމަށް ބުނެފައިވެއެވެ.

އެގޮތުން އެފަދަ ފަރާތްތައް 5،000 ރުފިޔާ އިން ޖޫރިމަނާ ކުރުމާއި އަދި އެންގުންތަކާ ހިލާފުވާ ފަރާތްތަކުގެ ނަން ހާމަކުރުން ހިމެނެއެވެ.

މި އެންގުމަށް މިއަދުން ފެށިގެން އަމަލުކުރަމުން ގެންދާނެ ކަމަށްވެސް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ނެރުއްވި އެންގުމުގައި ބުނެފައިވެއެވެ. ކަރަންޓީނުކޮށްފައި ހުއްޓާ އާންމުންގެ ތެރެއަށް އެމީހަކު ނިކުތުމަކީ ކުށެއް ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވެސް މީގެކުރިން ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: