ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމަޖެންސީ މެޑިކަލް ރެސްޕޮންސް ޓީމެއް ރާއްޖެ އަށް

އިމަޖެންސީ މެޑިކަލް ރެސްޕޮންސް ޓީމެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގައި މިހާރު ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްއަށް ޕްޒޮޓިވްވެފައިވާ ފަރާތްތަކެއް ރާއްޖެއިން ވެސް ފެނެފައިވާތީ  ރާއްޖެއަސް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދުނިޔޭގެ ފެންވަރުގެ މެޑިކަލް އެމަޖެންސީ ރެސްޕޮންޑް އެންޑް ކޯޑިނޭޝަން ޓީމެއް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ފަތުރުވެރިކަމުގެ ޞިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އެހީތެރިކަމާއި އެކު ގެނައި މި ޓީމުގައި ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕަށް އެހީތެރިވެދޭނެ ތަޖުރިބާކާރު ދެ ޑޮކްޓަރުންނާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރަށް މި ބައްޔާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ވިލަރެސްކޮށްދިނުމުގައި އެހީތެރިވެދިނުމަށް މި ފަދަ އޮޕަރޭޝަންތަކުގެ ތަޖުރިބާ ލިބިފައިވާ ކޯރޑިނޭޓަރަކު ހިމެނޭ ކަމަށެވެ.

މީގެ އިތުރުން ކ. ވެލިވަރުގައި ގާއިމްކޮށްފައިވާ ކަރަންޓީނު ފެސިލިޓީ އާއި އއ. ވެލިދޫގައި ގާއިމްކުރަމުންދާ ކަރަންޓީނު ފެސިލިޓީގައި ހަރަކާތްތެރިވާނެ ދެ ނަރުހުންނާއި އަދި ބަލި ދެނެގަނެވޭނެ ހާލަތުގައި އެފަދަ ތަންތަނަށް ފަސްޓް ރެސްޕޮންސްގެ ގޮތުގައި ދަތުރުކުރާނެ އެމަޖެންސީ މެޑިކަލް ޓެކްނީޝަނެއް މި ޓީމުގައި ހިމެނޭ ކަމަށްވެސް ބަޔާނުގައިވެ އެވެ. މެޑިކަލް އެމަޖެންސީ ރެސްޕޮންޑް ޓީމުގައި ހިމެނެނީ އެމެރިކާ ސައުތު އެފްރިކާ އަދި އިނގިރޭސި ވިލާތުގެ ތަޖްރިބާ ކާރުންނެވެ.

ރާއްޖެ ގެނައި މިޓީމުގައި ހިމެނެނީ އެމެރިކާ، ސައުތު އެފްރިކާ އަދި އިނގިރޭސިލާތުގެ ތަޖުރިބާކާރުންނެވެ.

ކޮވިޑް-19 އަށް ރައްކާތެރިވުމުގެ ގޮތުން މިހާތަނަށް ޓޫރިޒަމް މިނިސްޓްރީ އާއި ޓޫރިޒަމް އިންޑަސްޓްރީ އާއި ގުޅިގެން ވިލިވަރުގައި 30 ކޮޓަރީގެ އައިސޮލޭޝަން ފެސިލިޓީއެއް ޤާއިމްކޮށް، ރާއްޖޭގެ އެއަރޕޯޓުތަކުގައި ތާމަލް ކެމެރާ ހަރުކޮށްފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: