ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ލޮކްޑައުން ނުކުރާނެ، ފިހާރަތައް ވެސް ބަންދު ނުކުރާނެ: ސަރުކާރު

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާވައިރަސްއަށް ޕޮޒިޓިވް ކޭސްތަކެއް ރާްޖެއިން ވެސް ފެނިފައިވާއިރު ވެރިރަށް މާލެ ލޮކްޑައުން ކުރަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަތައް ސަރުކާރުން ދޮގުކޮށްފިއެވެ. 

ކޮރޯނާވައިގެ ސަބަބަުން ރާއްޖެއަސް ކުރިމަތިވަމުހް އަންނަ ކަންކަމާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ސަރުކާރުން ބާއްވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން މިރޭ ދަރުބާރުގޭައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މާލެ ލޮކްޑައުންކޮށް މާލޭގެ ފިހާރަތައް މާދަމާއިން ފެށިގެން ބަންދު ކުރަން އުޅޭ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ހުރި ވާހަތަކެއް ނޫން ކަމަށާއި އެފަދަ އެއްވެސް ނިންމުމެއް ސަރުކާރުން ނިންމާފައި ނުވާ ކަމަށެވެ. 

ފިހާރަތަކަށް ގޮސް ރައްޔިތުން ގަނޑުކޮށް މުދާ ގަންނަމުންދާތީ އެކަމަށް ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅުއްވާނަންތޯ ”ސަންގު“ އިން ސުވާލު ކުރުމުން މަބްރޫކް ވިދާޅުވީ ސަރުކާރުގެ އިލްތިމާސްއަކީ ފިހާރަތަކަށް ގޮސް ގަނޑުކޮށް މުދާ ނުގަތުން ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ހުރިހައި ރައްޔިތުންނަށް ފުދޭ ވަރަށް ހުރިހައި ބާވަތެއްގެ މުދާ އެބަހުރި ކަމަށާއި އެހެން ކަމުން ގަނޑުކޮށް މުދާ ގަނެގެން ގުދަން ނުކުރުމަށް މަބްރޫކް އެދިވަޑައިގެންނެވިއެވެ. 

މީގެއިތުރުން މަބްރޫކް ވިދާޅުވީ ގަނޑުޖޮށް އާންމު ރައްޔިތުން މުދާ ގަނެގެން ގިދަން ކުރުމަކީ ރައްކާތެރި ގޮތެއް ނޫން ކަމަށާއި ސަބަބަކީ މުދާ ގުދަން ކުރާއިރު ގުދަން ހުންނަން ޖެހޭނީ ވަކިގޮތަކަށް ކަމަށާއި އެހެން ކަމުން ރަްޔިތުން ގޭގައި މުދާ ގުދަން ކުރުމަކީ ތަކެތި ހަލާކުވާނެ ކަމެއް ކަމަށް މަބްރޫކް ވިދާޅުވިއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: