ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް19: ދައުލަތުން ބަލަހައްޓައި މީހުންގެ ރައްކާތެރި ކަމަށް ފިޔަވަޅުތަކެއް

ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ އަށް މިނިސްޓަރު ކަމުގެ ފަތްކޮޅު އަރުވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގައި މިހާރު ފެތުރެމުންދާ “ކޯވިޑް-19” ރޯގާއާ ގުޅިގެން، އެ ރޯގާއިން ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ފަރާތްތައް ރައްކާތެރިކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ހާއްސަ ފިޔަވަޅުތަކެއް އަޅައިފިއެވެ.

އެގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައިވާ ފަރާތްތައް ކޮރޯނާވައިރަސްގެ ނުރައްކަލުން ސަލާމަތް ކުރުމަށް ޖެންޑަރ މިނިސްޓްރީން އަޅާފައިވާ ފިޔަވަޅުތަކަކީ 

– މަރުކަޒުތަކުގައި ތިބި ކުދިންނާއި މީހުންގެ ޢާއިލީ ބައްދަލުވުންތައް ވަގުތީގޮތުން މެދުކަނޑައިލުން.

– މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް ބޭނުންވާ ތަޢުލީމާއި، ތަރުބިއްޔަތާއި މުނިފޫހިފިލުމުގެ އިންޒާމުތައް މަރުކަޒުތަކުގައި ހަމަޖެއްސުން.

– މަރުކަޒުގައި ދިރިއުޅޭ ކުއްޖަކަށް ނުވަތަ މީހަކަށް ރޯގާ ޖެހިއްޖެ ނަމަ އަދި ހުން އަތުވެއްޖެ ނަމަ ވީ އެންމެ އަވަހަކަށް ޑޮކްޓަރަށް ދައްކައި ޑޮކްޓަރުގެ އިރުޝާދުގެ ދަށުން ފަރުވާ ކުރަމުން ގެންދިޔުން އަދި މަރުކަޒުތަކުގައި ތިބޭ ފަރާތްތަކުގެ ޓެމްޕަރޭޗަރ ގަވާއިދުން ބެލުން. އަދި އަތޮޅުތެރޭގައި ނަމަ އެކަހެރިކޮށް ބެލެހެއްޓޭނެ ތަނެއް ހަމަޖައްސައި، ބޭނުންވާ ޞިއްޙީ ޚިދުމަތްތައް، ހޮސްޕިޓަލް/ ޞިއްޙީ މަރުކަޒާ ގުޅިގެން ކުރިއަށް ގެންދިޔުން.

– ކުޑަކުދިންގެ ހިޔާގައި އައިސޮލޭޝަން 2 ރޫމް، ފިޔަވަތިގައި އައިސޮލޭޝަން 3 ރޫމް އަދި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި އައިސޮލޭޝަން 2 ރޫމް ތައްޔާރުކުރުމުގެ މަސައްކަތާއި، އިމަޖެންސީ ޙާލަތުގައި ފަރުވާ ދިނުމަށް ބޭނުންވާ މެޑިކަލް ފެސިލިޓީއެއް ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ޤާއިމުރުމުގެ އެންމެހައި ތައްޔާރީތައް.

– މަރުކަޒުތަކުގެ ވަދެ ނިކުމެވާ ހުރިހައި ދޮރެއްގެ ކައިރީގައި ހޭންޑް ސެނެޓައިޒަރ ހަރުކުރެވި، ބޭނުންވާ ފަރާތްތަކަށް މާސްކާއި އަންގި ފޯރުކޮށްދިނުން.

– އިމާރާތްތައް ގަވާއިދުން ސާފުކުރަމުން ދިޔުން.

– ހެލްތު ޕްރޮޓެކްޝަން އޭޖެންސީއާ މުޢާމަލާތުކުރާނެ ފޯކަލްޕޮއިންޓެއް ކޮންމެ މަރުކަޒަކުން ކަނޑައެޅުން. އަދި މިނިސްޓްރީއާ މުޢާމަލާތުކުރާނެ ފޯކަލްޕޮއިންޓެއް ކޮންމެ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރަކުން ކަނޑައެޅުން.

– ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރަށް ހުށަހެޅޭ މައްސަލަތަކުގައި ހޯމްވިޒިޓް ހެދުމާއި ކޭސްތަކުގައި ކުރަންޖެހޭ ދަތުރުތައް ކުރުމުގައި، މިނިސްޓްރީން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށް ކުރިއަށް ގެންދިޔުމަށް މަދުވެގެން 1 ސޯޝަލް ވަރކަރ ކޮންމެ ދުވަހަކު މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.

– ސިވިލް ސަރވިސް ކޮމިޝަންގެ ސަރކިއުލަރގައި އަންގަވައިފައިވާ ގޮތަށް ނޭވާލާ ނިޒާމަށްޖެހޭ އެއްވެސް ބައްޔެއް މުވައްޒަފުންގެ ފަރާތުން ފެނިއްޖެނަމަ ގޭގައި މަޑުކުރުމަށް އެންގުން.

މަރުކަޒުތަކުގައި މި ފިޔަވަޅުތައް އެޅުމުގެ އިތުރުން މިނިސްޓްރީއާއި މަރުކަޒުތަކުގެ މުވައްޒަފުންނަށް ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމާއި، ފިންގަރޕްރިންޓް ޖެހުމުގެ ބަދަލުގައި ކާޑު މެޝިން ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، އެކިއެކި އެލާޓް ލެވެލްތަކުގައި ޢަމަލުކުރާނެ ގޮތުގެ ޕްލޭން އެކުލަވައިލުމުގެ އިތުރުން ކޮވިޑް-19އާ ގުޅިގެން މިނިސްޓްރީގެ އިންޓަރނަލް ޓާސްކްފޯސްއެއް ވަނީ އެކުލަވައިލެވިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: