ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންނަށް ދޮގުހަދާ އޮޅުވައިލާ ބަޔަކަށް ހީވާނީ އެހެންމީހުންނަކީ ވެސް ހަމަ އެފަދަ ބައެއްކަމަށް: މަހްލޫފް

ޔޫތު މިނިސްޓަރު އަޙްމަދު މަޙްލޫފް. ފޮޓޯ: އެޑިޝަންއެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންނަށް ދޮގުހަދާ އޮޅުވައިލާ އަދި ކަންކަން ސިއްރުކުރާ ބަޔަކަށް ހީވާނީ އެހެންމީހުންނަކީ ވެސް ހަމަ އެފަދަ ބައެއްކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މިއަދު މަހުލޫފު ކުރެއްވި ޓްވީޓްގައި މި މޭރުމުން ވިދާޅުވެފައިމިވަނީ، ދިވެހިރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެތެރޭގައި، ދިވެއްސެއް ވެސް ހިމެނޭކަމަށް ޗެނަލް 13 ގެ ”މަޑިސީލަ“ ޕްރޮގްރާމުގެ ޕްރެޒެންޓަރުން ދެއްކި ވާހަކަތަކާއި ގުޅިގެންނެވެ.

ޗެނަލް13 ގެ ޕްރެޒެންޓަރުންނަށް ފާޑުވިދާޅުވަމުން މަހުލޫފު ވިދާޅުވީ ރައްކާތެރިގޮތަކީ އަދި ރައްޔިތުންގެ އިތުބާރު ބޮޑުވާގޮތަކީ ފޮރުވުމެއްނެތި ކަންކަން ހާމަކުރުންކަން، އެ ކުދިންނަށް ނުވިސްނޭތީ ލަދުވެތިވެ ހަމްދަރުދީވެވަޑައިގަންނަވާކަމަށެވެ.

https://twitter.com/AhmedMahloof/status/1240500518612426754?s=20

ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ދިވެއްސަކަށް ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުންގެންދާކަމަށް ބުނެ ބައެއް މީޑިއާތަކުން ވަނީ ހަބަރު ފަތުރާފައެވެ. މީގެ އިތުރުން، އެ ހޮސްޕިޓަލްގައި އިތުރު ދެ ބިދޭސީންނަށް ބަލިޖެހިގެން ފަރުވާދެމުންދާ ކަމަށް ބުނެ ވެސް ވަނީ ހަބަރު ފަތުރާފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: