ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމްތިޙާނުތައް ފަސްކުރުމާމެދު އަދި ގޮތެއް ނުނިންމަން: އެޑިއުކޭޝަން

ޝެއާރކޮށްލާ ކަހަލަދޯ؟

އޭލެވެލް އިމްތިޙާނާއި، އޭއެސް ލެވެލްގެ ދަރިވަރުން ހަދަންޖެހޭ އިމްތިޙާނުތައް ފަސްކުރުމާމެދު އަދި ގޮތެއް ނުނިންމާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަނުން މިއަދު ނެރުނު ބަޔާނެއްގައިވަނީ، އިނގިރޭސި ވިލާތުގެ ސުކޫލުތައް ބަންދުކޮށް، އެ ސުކޫލުތަކުގެ ދަރިވަރުންނަށް މި އަހަރުގެ މެއި/ޖޫން ގައި ހެދުމަށް ހަމަޖެހިފައިވާ އިމްތިޙާނުތައް ކެންސަލްކުރިކަމުގައިވީ ނަމަވެސް، އެ ޤައުމުން، އެހެނިހެން ޤައުމުތަކަށް ފޯރުކޮށްދޭ އިންޓަނޭޝަނަލް އެގްޒެމިނޭޝަންތަކާމެދު، އިމްތިޙަނުތައް ފޯރުކޮށްދޭ މަރުކަޒުތަކުން އެއްވެސް އިތުރު ނިންމުމެއް ނިންމާފައިނުވާކަމަށެވެ.

މި ގޮތުން، ދިވެހިރާއްޖޭގެ ދަރިވަރުން މެއި-ޖޫން މަހުގައި ހެދުމަށް ހަމަޖެހިފައިވާ އިމްތިޙާނުތައް ފަސްކުރުމާމެދު މިހާތަނަށް އެއްވެސް ގޮތެއް ނިންމާފައިނުވާކަމަށް އެޑިއުކޭޝަންގެ ބަޔާނުގައިވެއެވެ.

ކޮރޯނަ ވައިރަހުގެ ނުރައްކާތެރިކަން އިތުރުވެފައިވާ މި ދަނޑިވަޅުގައި ސުކޫލުތަކާއި ޓިއުޝަން ކިލަސްތަކާއި ޤުރުއާން ކިލާސްތައް މިވަނީ ބަންދުކޮށްފައެވެ. އެހެންނަމަވެސް، އޭލެވެލްއާއި، އޭއެސް ލެވެލްގެ ދަރިވަރުންނަށް ގޫގަލް ކްލާސްރޫމާއި، އެހެނިހެން ވަޞީލަތްތައް ބޭނުންކޮށްގެން މިހާރުދަނީ ފިލާވަޅުތައް ނަގައިދެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: