ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެގެ އެންމެ އުތުރުގައި ހިމެނޭ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުން މިއަދު ހާމަކުރިގޮތުގައި، އަޕަރ ނޯތު ޕޮލިސް ޑިވިޜަންގައި ހިމެނޭ ރަށެއްގައި 15 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް، 2020 މާޗް 18 ވަނ ދުވަހު ހަވީރު ހުށަހަޅާފައިވާކަމަށެވެ.

މީގެ އިތުރުން، މި މައްސަލައާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާކަމަށާއި، މިހަރު މި މައްސަލަ ތަޙުޤީޤުކުރަން ފަށާފައިވާކަމަށް ވެސް ފުލުހުން ހާމަކުރިއެވެ.

އަޕަރ ނޯތު ޑިވިޜަންގެ އަތޮޅުތަކުގައި ހިމެނެނީ، ހއ.އަތޮޅާއި، ހދ.އަތޮޅާއި، ށ.އަތޮޅުގެ ރަށްތަކެވެ.

ފުލުހުންނަށް މިފަދަ މައްސަލަތައް ހުށަހަޅަމުންދާއިރު، މި އަހަރުގެ މިހާތަނަށް ވެސްވަނީ، ކުޑަކުދިންނާއި ގުޅުންހުރި މިފަދަ އެތައް މައްސަލައެއް ފެންމަތިވެފައެވެ. މި ގޮތުން ބަލާއިރު، ބައްޕައާއި ކާފައާއި މުނިކާފައާއި ތިންބަފައިންވެގެން، 2 އަހަރުގެ ތުއްތު ތުއްތު އަންހެންކުއްޖާ ރޭޕްކޮށްލި މައްސަލައަކީ މުޖުތަމަޢު ކަންބޮޑުވެފައިވާ ބޮޑު މައްސަލައެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: