ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެންއޮތީ އެނދުތައް ފުރާލުން: ޢަލީ ވަޙީދު

"ދަ ގްލޯބަލް ޓޫރިޒަމް ކޯޑިނޭޝަން ވާޗުއަލް މީޓިން" ގެ ތެރެއިން މިނިސްޓަރު ޢަލީ ވަޙީދު. ފޮޓޯ: ޓުއަރިޒަމް މިނިސްޓުރީ
ޝެއާރކޮށްލާ ކަހަލަދޯ؟

މި ދަނޑިވަޅުގައި ޚާއްސަ އިސްކަމެއް ދޭންޖެހޭކަމަކީ ވަރުގަދަ ފިޔަވަޅުތަކަކާއެކު ކޯވިޑް-19 ގެ ނުރައްކަލުން ދިވެހިރާއްޖެ ސަލާމަތުގެ އައްސޭރިއަށް ގެންދިއުމާއި، މި ބަލި ހުއްޓުވުންކަމަށާއި، އެއަށްފަހު މި ޤައުމުގެ ޓޫރިސްޓް އެނދުތައް ފުރާލުމަށް މަސައްކަތްކުރުންކަމަށް ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމްޢިއްޔާ (ޔޫއެންޑަބްލިޔުޓީއޯ) ގެ ފަރާތުން، ވީޑިއޯ ޓެލެކޮންފަރެންސްއެއް މެދުވެރިކޮށް ކުރިއަށް ގެންދިޔަ ”ދަ ގްލޯބަލް ޓޫރިޒަމް ކޯޑިނޭޝަން ވާޗުއަލް މީޓިން“ ގައި ޔޫއެންޑަބްލިޔުޓީއޯ ސައުތު އޭޝިއާ ރީޖަން ކޮމިޝަންގެ ޗެއާގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެން، ވާހަކަދައްކަވަމުން ޢަލީ ވަޙީދު ވިދާޅުވީ، ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކައި، ޕޮޒިޓިވް ވިސްނުމެއް ގެންގުޅެންޖެހޭކަމަށާއި، އެއްވެސް މުޖުތަމަޢުއަކަށް، މި ބަލި ނުޖެހޭނެކަމަށް ނުވަތަ ބަލީގެ އަސަރު ނުފޯރާނެކަމަށް ވިސްނައިގެން ނުވާނެކަމަށާއި، އެންމެ އެދެވޭގޮތަކީ ބައްޔަށް ތައްޔާރުވެ ހުރުންކަމަށެވެ.

null

މީގެ އިތުރުން ޢަލީ ވަޙީދު ވިދާޅުވީ، ދުނިޔޭގެ އެހެނިހެން ޤައުމުތަކުގެ އެހީތެރިކަމާއެކުގައި، ދިވެހިރާއްޖެއަށް ވެސް މި ބަލިން އަރައިގަނެވޭނެކަމުގެ ޔަޤީންކަން އޮތްކަމަށާއި، ރާއްޖޭގައި މި ބަލި ރަމަތަކުރުމަށް ދިވެހި ސަރުކާރުން ވަގުތުން ވަގުތަށް ފިޔަވަޅުތައް އަޅަމުންގެންދާކަމަށެވެ.

ޢަލީ ވަޙީދު ވިދާޅުވީ، ދުނިޔޭގެ އެހެން ޤައުމުތަކުގެ އެއްބާރުލުމާއެކު ދާދިއަވަހަށް މިކަމުން އަރައިގަނެ، ކައިރި މުސްތަޤުބަލެއްގައި ފަތުރުވެރިންނަށް މަރުހަބާކިޔާނެކަމަށެވެ.

މި ބައްދަލުވުމުގައި ޔޫއެންޑަބްލިޔުޓީއޯގެ ސެކްރެޓަރީ ޖެނެރަލް ޒޫރަބް ޕޮލޮލިކަޝްވިލިއާއި، ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރި އަދި އައިއެމްއޯގެ ސެކްރެޓަރީ ޖެނެރަލް ކީތަކް ލިމްއާއި، އައިސީއޭއޯގެ ސެކްރެޓަރީ ޖެނެރަލް ފޭންގް ލިއުއާއި، ޔޫއެންޑަބްލިޔުޓީއޯގެ އެގްޒެކެޓިވް ކައުންސިލްގެ ޗެއާރ ނަޖީބް ބަލާލާއާއި، އެފްރިކާ ރީޖަން ކޮމިޝަންގެ ޗެއާރ ރޮނަލްޑް ޗިޓޯޓެލާއާއި، އެމެރިކާސް ރީޖަން ކޮމިޝަންގެ ޗެއާރ އަދި ޖެމެއިކާގެ ޓޫރިޒަމް މިނިސްޓަރު އެޑްމުންޑް ބާޓްލެޓްއާއި، ޔޫރަޕް ރީޖަން ކޮމިޝަންގެ ޗެއާ އަދި ގްރީސްގެ ޓޫރިޒަމް މިނިސްޓަރު ހެރީ ބައިވެރިވެވަޑައިގަތެވެ.

މީގެ އިތުރުން، ތިއޯހެރިސްގެ އިތުރުން އީސްޓް ރީޖަން ކޮމިޝަންގެ ޗެއާރ މުޙައްމަދު ޚާމިސް އަލް މުހައިރީއާއި، ސްޕެއިންގެ ޓޫރިޒަމް މިނިސްޓަރު ރޭސް މަރޮޓޯއާއި. ސަޢޫދީ ޢަރަބިއްޔާގެ ޓޫރިޒަމް މިނިސްޓަރު އަޙްމަދު ބިން އާގިލް އަލް ޚަތީބު ވެސް، ބައްދަލުވުމުގައި ވާހަކަދެއްކެވިއެވެ.

null

ޔޫއެންޑަބްލިޔުޓީއޯއިން އިންތިޒާމުކުރި މި ބައްދަލުވުމުގައި ނިންމާފައިވާ ނިންމުތަކުގެތެރޭގައި ކްރައިސިސް ކޮމިޓީއެއް އެކުލަވާލުމާއި، ކުރު އަދި ދިގު ރާސްތާގެ ރެސްކިއު ޕްލޭނެއް އެކުލަވާލުން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: