ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާއަށް ކުރާ ދަތުރުތައް މޯލްޑިވިއަނުން މެދު ކަނޑާލަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ހަލުވިކަމާއެކު ދުޔޭގައި ފެތުރެމުން އަންނަ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މޯލްޑިވިއަން އިން އިންޑިއާގެ މަންޒިލްތަކަށް ކުރަމުން އަންނަ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލުމަށް ނިންމައިފިއެވެ.

މޯލްޑިވިއަނުން ބުނީ ކޮވިޑް-19އާ ގުޅިގެން އިންޑިޔާގެ ވައިގެ ބަނދަރުތަކަށް ދަތުރުކުރެވޭނެ އެންމެ ފަހުގެ ތާރީޚަކީ މާރޗް މަހުގެ 22 ވާ އާދިއްތަ ދުވަސް ކަމަށް އެ ޤައުމުގެ ސިވިލްއޭވިއޭޝަނުން ނިންމާފައިވާތީ، 21 މާރޗުން ފެށިގެން އިންޑިޔާގެ މަންޒިލްތަކަށް ކުރާ ދަތުރުތައް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ހޮނިހިރު ދުވަހު މޯލްޑިވިއަނުން ކުރަން ނިންމާފައވާ 2 ދަތުރަށް ފަހު، އިންޑިއާގެ މަންޒިލުތަކަށް ދިޔުން އެފަރާތުން ހުއްޓާލާނެއެވެ. ފުރަތަމަ ފްލައިޓް މާލޭން ޓްރިވެންޑްރަމަށް ދިޔުމަށް ފުރާނީ ހެނދުނު ދިހައެއް ޖަހާއިރުއެވެ. އަދި ޓްރިވެންޑްރަމުން މާލެ އައުމަށް ފުރާނީ އިންޑިއާ ގަޑިން 12:45 ގައެވެ.  

ދެ ވަނަ ފްލައިޓް މާލޭން ކޮޗިނަށް ދިޔުމަށް އިރުއޮއްސި ހައެއް ޖަހާއިރު ފުރާއިރު، ކޮޗިނުން ރާއްޖެ  އައުމަށް ފުރާނީ، އިންޑިއާ ގަޑިން އެރޭ 9 އެއް ޖަހާއިރު ކަމަށް މޯޑިވިއަނުން މައުލޫމާތު ދެއެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އަންނަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ބައެއް ޤައުމުތަކުން މީހުން ރާއްޖެއައުން މަނާކޮށްފައިވެއެވެ.

ރާއްޖެއިން ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެނިފައި ވަނީ މިމަހުގެ ހަތް ވަނަ ދުވަހު އެވެ. އެފަހުން 14 ދުވަސްވެފައިވާ އިރު، ރިސޯޓުތަކާއި ސަފާރީތަކުން މިހާތަނަށް 13 މީހަކު އެ ބައްޔަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި ފާއިތުވީ ހަތަރު ދުވަހު އެއްވެސް ޕޮޒިޓިވް ކޭސްއެއް ފެނިފައި ނުވެއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 13 އެރިއިރު ޕޮޒިޓިވްވި އެންމެންނަކީ ވެސް ބިދޭސީންނެވެ. އޭގެ ތެރެއިން ފަސް މީހުންނަކީ ކުރެއްދޫ ރިސޯޓުން ފެނުނު މީހުންނެވެ. އޭގެ އިތުރުން ސޭންޑީސް ބަތަލާ އައިލެންޑް ރިސޯޓުގެ ދެ މީހަކާއި ކުރަމަތި މޯލްޑިވްސް ރިސޯޓުގެ ދެ މީހަކު އަދި އަނަންތަރާ ދިގު ރިސޯޓުން ދެ މީހެކެވެ.

ރާއްޖޭގައި ކޮވިޑް ރޯގާ ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.

މީގެ އިތުރުން، ސަރުކާރުން ވަނީ ސްޕެއިންގެ އިތުރުން، ފްރާންސް އަދި ޖާމަނީގެ ބައެއް ސިޓީތަކުން މީހުން އެތެރެވުންވެސް މަނާކޮށްފަ އެވެ. އަދި އޭގެ ކުރިން ޗައިނާ، އިރާން، ބަންގްލަދޭޝް އިޓަލީ އަދި ދެކުނު ކޮރެއާގެ ބައެއް ސިޓީތަކުން މީހުން އައުންވެސް ވަނީ މަނާކޮށްފަ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި ރިސޯޓުތަކާއި ސަފާރީތަކާއި ރަށްރަށުގައި ތިބި ޓޫރިސްޓުން އެކްސްކާޝަނަށް އެއްވެސް ރަށަކަށް ނުދެވޭ ގޮތަށް މަނާކުރުމާއި މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ ގެސްޓް ހައުސްތަކަށް ބިދޭސީން ގެނައުން މަނާކުރުމާއި ރިސޯޓްތަކާއި ރަށްރަށާ ދެމެދު ދަތުރުކުރުން މަނާކުރުން ހިމެނެ އެވެ.

 

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: