މިހާރު ކަނޑައެޅިފައި އޮތް އުޞޫލުގެދަށުން، ޅ.ކުރެއްދޫ އައިލެންޑް ރިސޯޓުގައި ކަރަންޓީނުކޮށްފައިތިބި 32 ބިދޭސީން ދޫކޮށްލައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭގެންސީން މިއަދު ކުރި ޓްވީޓެއްގައީވަނީ، ޅ.ކުރެއްދޫއިން ފުރައިގެންގެ ދިޔަފަހުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ އިޓަލީމީހާއާއި ކޮންޓެކްޓްވި 32 ބިދޭސީންގެ 14 ދުވަހުގެ ކަރަންޓީނު މުއްދަތު ހަމަވުމުން މިހާރުވާނީ ދޫކޮށްލާފައިކަމަށެވެ.
މީގެ އިތުރުން، ކޯވިޑް-19 އަށް ޝައްކުކުރެވޭފަދަ ޢަލާމާތްތަކެއް ހުރެގެން ޕެރަޑައިސް އައިލެންޑް ރިސޯޓުން ނެގި ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވްވެފައިވާތީ، މިހާރުވަނީ އެ ރިސޯޓު މޮނިޓަރިންގްގެ ހާލަތުން ނެގިފައެވެ.
ރާއްޖޭގައި ކޯވިޑް-19 އަށް 13 މީހަކު ޕޮޒިޓިވްވެފައިވާއިރު،އޭގެތެރޭގައި ކުރެއްދޫން ކޯވިޑް-19 އަށް ޕޮޒިޓިވްވި ފަސްމީހުން ހިމެނެއެވެ.

