ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑޮލަރު އިތުރު ކުރަން ފިޔަވަޅުތަކެއް: ބޭންކް ތަކަށް 150 މިލިއަން ޑޮލަރު!

ޑޮލަރު އިތުރު ކުރަން ފިޔަވަޅުތަކެއް: ބޭންކް ތަކަށް 150 މިލިއަން ޑޮލަރު!
ޝެއާރކޮށްލާ ކަހަލަދޯ؟

ޑޮލަރު ލިބުމުގެ ދަތިތައް ހައްލުކުރަން، 150 މިލިއަން ޑޮލަރު ބޭންކްތަކަށް ދޫކުރަން ހަމަޖައްސާފައިވާ ކަމަށް މޯލްޑިވްސް މަނިތަރީ އޮތޯރިޓީ އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެއެވެ.

ކޮރޯނާ ވައިރަސްއާއި ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ވަރަށް ބޮޑެތި ލޮޅުންތަކެއް އަންނާނެކަމަށް ދާއިރާގެ މާހިރުން ދަނީ ލަފާކުރަމުންނެވެ. އަދި ދުނިޔޭގެ މުއްސަނދި އެތައް ގައުމަކުންވެސް އެ އަސަރު ފެންނަން ފަށާފައިވާއިރު ރާއްޖެއިން އެއާއި ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތައް ވެސް ވަރުގަދަވާންޖެހޭކަން ބައެއް ވިޔަވާރިވެރިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، ސަރުކާރުން ދަނީ މި ދަނޑިވަޅުގައި ހަރަދުކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް ވެސް އަޅުއްވަމުންނެވެ.

ބުރާސްފަތި ދުވަހު ފިނޭންސް މިނިސްޓްރީއާއި، އިކޮނޮމިކް މިނިސްޓްރީ އަދި މަރުކަޒީ ބޭންކް މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ރާއްޖޭގެ އިގްތިސޯދަށް ވައިރަހުގެ ސަބަބުން ކުރާނެ ނޭދެވޭ އަސަރު ކުޑަކުރުމަށް ސަރުކާރުން 2.5 ބިލިއަން ރުފިޔާގެ ރިކަވަރީ ޕެކޭޖެއް އިއުލާނު ކުރައްވާފައެވެ.

ޕްރެސްކޮންފަރެންްސްގައި އެމްއެމްއޭއިން ވެސް ބައިވެރިވީއިރު ހާޝިމް ވިދާޅުވީ ވައިރަސްގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އަތުވެދާނެ ހީނަރުކަމަކުން އަރައިގަތުމަށްޓަކައި އެ އޮތޯރިޓީން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ކުރާ މަސައްކަތެއް ކަމަށެވެ. އެގޮތުން ކުއިޑިޓީ އިތުރު ކުރުމަށްޓަކައި އެމްއެމްއޭގެ މިނިމަމް ރިޒާވް ރިކުއާމަންޓް ފަސް ޕަސެންޓާ ހަމަ އަށް ދަށްކުރަން ނިންމާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. ހާޝިމް ވިދާޅުވީ ކުއާމަންޓް ދަށްކުރުމުން ފައިސާ ދައުރު ކުރާ ވަރު އިތުރުވެ ބާޒާރުގައި ވެސް ފައިސާ ދައުރުވާ މިންވަރު އިތުރުވާނެ ކަމަށެވެ.

150 މިލިއަން ޑޮލަރުގެ ފެސިލީޓީއެއް ބޭންކް ތަކަށް ދޭން ނިމާފައިވާ ނިންމުމާއި ގުޅޭގޮތުން ހާޝިމް ވިދާޅުވީ އަންނަ ހަފުތާ އިން ފެށިގެން ޑޮލަރު ވިއްކުން އިތުރު ކުރާނެ ކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި ޑޮލަރުގެ ޕްރެޝަރު އިތުރުވެގެންދާނެކަމަށްެ ވެސް އޭނާ ފާހަގަކުރެއްވިއެވެ. އިންޑިއާ އިން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ސްވޮޕް ޑޮލަރު ފެސިލިޓީއަކީ ބޭނުން ނުކޮށް ހުރި ފެސިލިޓީއެކެވެ. އަދި މި ފެސިލިޓީ ބޭނުންކުރާނީ ބޭންކުތަކަށް ދަތިކަމަށް އައި ހާލަތެއްގައެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތުން އަރައިގަތުމަށް އަޅާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން މިނިސްޓަރު އަމީރު ވިދާޅުވީ ވަގުތުން ވަގުތަށް ނެގޭނެ 600 މިލިއަން ޑޮލަރުގެ ދެ ފެސިލިޓީއެއް އެބަ އޮތް ކަމަށެވެ. އެހެން ކަމުން ޑޮލަރުގެ އެއްވެސް ދަތިކަމެއް ނާންނާނެކަމަށް އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން ރިޒާވަށް ކުރާ އަސަރު ކުޑަކުރުމުގެ ގޮތުން، މަސައްކަތް ކުރާނީ ފައިސާ ހޯދޭނެ ގޮތްތަކަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: