ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވައިރަސް ފެތުރިގެން ދިއުން ހުއްޓުވުމަށް ރާއްޖޭން ކުރަނީ ހިތްހަމަޖެހޭ ވަރުގެ މަސައްކަތެއް: ޗައިނާ ސަފީރު

ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާއިން އުފަންވެ ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސްއާއި ގުޅިގެން ދުނިޔޭގެ އެތައް ގައުމަކަށް އޭގެ އަސަރުކުރާނެ ކަމަށް ލަފާކުރެވޭއިރު ރާއްޖެއިން ވެސް އެ އަސަރު ކުޑަކުރުމަށާއި އަދި ބައްޔާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޒާން ލިއޮން ތައުރީފު ކުރައްވައިފި އެވެ.

ކޮރޯނާ ވައިރަސްއާއި ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ވަރަށް ބޮޑެތި ލޮޅުންތަކެއް އަންނާނެކަމަށް ދާއިރާގެ މާހިރުން ދަނީ ލަފާކުރަމުންނެވެ. އަދި ދުނިޔޭގެ މުއްސަނދި އެތައް ގައުމަކުންވެސް އެ އަސަރު ފެންނަން ފަށާފައިވާއިރު ރާއްޖެއިން އެއާއި ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތައް ވެސް ވަރުގަދަވާންޖެހޭކަން ބައެއް ވިޔަވާރިވެރިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، ސަރުކާރުން ދަނީ މި ދަނޑިވަޅުގައި ހަރަދުކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް ވެސް އަޅުއްވަމުންނެވެ.

އޭގެ އިތުރުން ބައްޔަށް ޝައްކުވާ މީހުން ދެނެގަނެ، އެ މީހުންގެ ކޮންޓެކްޓުތައް ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދެވެއެވެ. ރައްޖޭގެ މަސައްކަތްތަކަށް ތައުރީފުކޮށް ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަލި ފެތުރިޔަ ނުދިނުމަށް ރާއްޖޭން ކުރާ މަސައްކަތުގައި ރާއްޖެ އާ އެކު ޗައިނާ އޮތްކަން ކުރިއަށް އޮތް ދުވަސްތަކުގައި އެނގިގެންދާނެ ކަމަށެވެ. އަދި ގަދަ ހިއްވަރާއި އެކު ކުރާ ކޮންމެ މަސައްކަތެއްގެ ފަހަތުގައި ވަނީ ކާމިޔާބުކަން ޗައިނާވެސް ދައްކުވައިދީފައިވާކަމަށް ވިދާޅުވިއެވެ.

 

https://twitter.com/AmbassadorZhang/status/1240897043700146178

ސަފީރު ވިދާޅުވީ ރާއްޖެއިން އަޅަމުންދަނީ ވަރުގަަދަ ފިޔަވަޅުތަކެއް ކަމަށާއި، މިއީ އުނދަގޫ މަސައްކަތެއް ކަމަށެވެ. އަދި އެއް ގައުމު އަނެއް ގައުމު ގުޅިގެން ކުރިޔަށް ދިއުމަކީ މުހިންމުކަމެއްގެ ގޮތުގައި ސަފީރު ފާހަގަކުރެއްވިއެވެ.

ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވަން ރާއްޖޭން ދުރާލައި ގިނަ ފިޔަވަޅުތަކެއް އަޅިއެވެ. އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެ ފިޔަވަޅުތައް ދަނީ ވަރުގަދަވަމުންނެވެ. 503 މީހުން ޓެސްޓް ކުރި އިރު ޕޮޒިޓިވް ވީ 13 މީހުންނެވެ. އޭގެ ތެރޭގައި ދިވެއްސަކު ނުހިމެނެ އެވެ.

ސަފީރު ޒާންގެ ވާހަކައިގައި ވަނީ ފިޔަވަޅު އެޅުމެއް ނެތި، މި ވައިރަސްއަކީ އާދައިގެ ބައްޔެއްގެ ގޮތުގައި ހެދި ގައުމެއްގެ ވާހަކަވެސް ފާހަގަކުރައްވާފައެވެ. އަދި މަލާމާތްކޮށް އެޅި ފިޔަވަޅުތަކަށް ގޮންޖަހަމުން ދިޔަ ކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް ސީދާ ގައުމެއްގެ ނަމެއް ވިދާޅެއް ނުވެއެވެ.

ޗައިނާގައި ވައިރަސް ވަރަށް ބޮޑަށް ކޮންޓްރޯ ކުރެވިފައި ވީނަމަވެސް، ޔޫރަޕްގައި އެބަލި ދަނީ ވަރަށް ބާރަށް ފެތުރެމުންނެވެ. އެގޮތުން ބަލި ޖެހުނު މީހުންގެ އަދަދު ގާތްގަނޑަކަށް 250،000 އަށް އެރި އިރު ބަލީގައި މަރުވި މީހުންގެ އަދަދު 10،000 ފަހަނަ އަޅައި ހިނގައްޖެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: