ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިލަމާލެ ބްރިޖުގެ ސާވޭއަށް ބޭނުންވާ ބައެއް މެޝިނަރީސްތަކެއް ގެެނެސްފި

ތިލަމާލެ ބްރިޖުގެ ސާވޭއަށް ބޭނުންވާ ބައެއް މެޝިނަރީސްތަކެއް ގެެނެސްފި
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ އާއި ތިލަފުށި ގުޅުވައިލުމަށް އަޅާ ބްރިޖުގެ ސާވޭއެއް ހެދުމަށް ބޭނުންވާ ސާމާނު ރާއްޖެ ގެނެސްފި އެވެ.

ތިލަމާލެ ބްރިޖު އެޅުމަށް ހަދަން ޖެހޭ ޖިއޯ ޓެކްނިކަލް ސާވޭ ކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައި ވަނީ ފުގްރޯ ނަމަކަށް ކިޔާ ނެދެލެންޑުގެ ކުންފުންޏަކަށް 231.3 މިލިއަން ރުފިޔާގެ އަގަކަށެވެ. މިއަދު ގެނެސްފައިވަނީ ބްރިގެ ޖިއޯ ޓެކްނިކަލް ސާވޭއެއް ހެދުމަށް ބޭނުންވާ ސެލްފް އެލަވޭޝަން ޕްލެޓްފޯމަކާއި ބައެއް ހެވީ މެޝިނަރީސްތަކެވެ. މި މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ޕްލޭނިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ސާވޭގެ ތެރެއިން ކަނޑުގެ 23 ތަނެއްގައި ބޯހޯލް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެއްގަމުގެ ފަސް ސަރަހައްދެއްގައި 75 މީޓަރު ފުން މިނަށް އެ މަސައްކަތް ކުރިޔަށް ގެންދާނެއެވެ.

ސާވޭގެ މަސައްކަތް މާލޭގެ ދެ ސަރަހައްދެއްގައި ކުރިޔަށް ގެންދިއުމަށް ނިންމާފައިވާއިރު އެކަމާއި ގުޅޭގޮތުން ޕްލޭނިން މިނިސްޓްރީއިން ބުނެފައިވަނީ މާލެ އާއި ވިލިނގިލި، ގުޅިފަޅު، އަދި ތިލަފުށީ ހިމެނޭ ގޮތައް އިތުރު ބޯހޯލްތަކެއް ތޮރުފާނެ ކަމަށެވެ. އަދި ލޭންޑް ކުރިޔަށް ދާނެ ކަމަށެވެ.

ސާވޭގެ މަސައްކަތް ނިންމާލެވެވޭނެ ތާރީހެއްގެ ގޮތުގައި ޕްލޭނިން މިނިސްޓްރީއިން ބުނެފައިވަނީ ޖުލައި މަހުގެ 7 ވަނަ ދުވަހެވެ. އެއަށްފަހު ދެން ފެށިގެންދާނީ ބްރިޖުގެ އަމަލީ މަސައްކަތެވެ.

ސަރުކާރުން ނިންމާފައި ވަނީ ތިލަމާލެ ބްރިޖުގެ މަސައްކަތް އިންޑިޔާގެ ލޯނުގެ އެހީގައި އެ ގައުމުގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިޔަށް ގެންދިޔުމަށެވެ. އަދި މަޝްރޫއު ހަވާލު ކުރުމުގެ ބިޑިން ޕްރޮސެސް އިންޑިޔާގައި ކުރިޔަށް ދާ ކަމަށާއި ވަރަށް އަވަހަށް ކުންފުންޏަކާ ހަވާލު ކުރާނެ ކަމަށް ވެސް ސަަރުކާރުން ބުނެފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: