ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވައިރަހުން ދެ މީހަކު ރަނގަޅުވުން، ފަރުވާ ދިނުމުގައި ހަރަކާތްތެރިވީ އެންމެނަށް ސާބަސް ހައްގު!

ވައިރަހުން ދެ މީހަކު ރަނގަޅުވުން، ފަރުވާ ދިނުމުގައި ހަރަކާތްތެރިވީ އެންމެނަށް ސާބަސް ހައްގު! -ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސްގެ ކޭސްއެއް ރާއްޖެއިން ފުރަތަމަ ފަހަރަށް ފެނުނީ މާޗު މަހުގެ 7 ވަނަ ދުވަހުއެވެ.

ކުރެއްދޫ އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރަމުންދިޔަ ދެ މުވައްޒަފުން އެންމެ ފުރަތަމަ މި ބައްޔަށް ދެ ބިދޭސީއަކު ޕޮޒިޓިވްވެފައިވަނީ ކުރެއްދޫ އައިލޭންޑުގައި ޗުއްޓީ ހޭދަކުރުމަށްފަހު ފުރައިގެންދިޔަ އިޓަލީ ފަތުރުވެރިއެއްގެ ފަރާތުން އިންފެކްޓުވެގެންނެނެވެ. އެއަށްފަހު މިއަދަށް 13 ދުވަސްވެފައިވާއިރު ކުރެއްދޫ އައިލޭންޑުން ޕޮޒިޓިވްވީ އިތުރު ބަޔަކާއި އެކު މިހާތަނަށް ރާއްޖެއިން ބައްޔަށް ޕޮޒިޓިވް ވީ މީހުންގެ އަދަދު 13 އަށް އަރައެވެ.

އެއީ މުޅިން ވެސް ބިދޭސީންނެވެ. ޕޮޒިޓިވްވެފައިވަނީ އަންނަންތަރާ ދިގު ރިސޯޓްގެ ދެ މީހުންގެ އިތުރުން ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ. ވައިރަސްއަށް ޕޮޒިޓިވް ވީ 13 މީހުންގެ ތެރެއިން 9 މީހުން ނިސްބަތް ވަނީ އިޓަލީއަށެވެ. އަދި ތުރުކީ، ޖަރުމަން ވިލާތާއި ދެކުނު އެފްރިކާގެ އިތުރުން އިނގިރޭސި ވިލާތް މިއިން ކޮންމެ ގައުމަކަށް ވެސް ނިސްބަތްވާ އެކަކު ވަނީ ފެނިފައެވެ. ޕޮޒިޓިވް ވީ މީހުންގެ ތެރޭގައި ހިމެނެނީ 6 ފިރިހެނުންނާއި 7 އަންހެނުންނެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ހިދުމަތް ދޭ ބައެއް ތަންތަނުން މި ވައިރަސް ފެނުމާއި އެކު ރާއްޖެއިން ވަނީ ރައްކާތެރިވުމުގެ ގޮތުން އަޅަމުން އައި ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައެވެ. އާއްމުންގެ ސަލަމާތާއި ރައްކާތެރިކަމަށް ފިޔަވަޅުތައް ވަރުގަދަކުރަމުން ދިޔައިރު ބައްޔަށް ޕޮޒިޓިވް ވީ މީހުންނަށް ދޭންޖެހޭ ފަރުވާތައް ދިޔައީ ފުރިހަމަކުރަމުންނެވެ.

ރާއްޖޭގައި ކޮރޯނާ ބައްޔަށް ޕޮޒިޓިވްވި ދެ މީހަކު އެ ބަލިން ފަސޭހަވެފައިވާކަން ސަރުކާރުން މިރޭ ވަނީ ހާމަކޮށްފައެވެ. އެ ދެ މީހުންނަކީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ ދެ މީހުންނެވެ. ދެ މީހުންނަކީ ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުން ދަނިކޮށް ޕޮޒިޓިވްވި ދެ މީހުންނެވެ. އެ ދެ މީހުންނަކީ އިޓަލީއަށް ނިސްބަތްވާ އުމުރުން ދުވަސްވީ ދެމަފިރިންނެވެ. ދެ މީހުން ވެސް މިހާރު ތިބީ ދަރުމަވަންތަ ހޮސްޕިޓަލްގަ އެވެ.

ދުނިޔެ ކުރިމަތިލަމުންދާ މި ނުރަައްކާތެރި ވަބާއިން ސަލާމަތްވުމަށް އެޅިފިޔަވަޅުތަކުގެ ނަތީޖާއެއް މިއަދު ފެނިއްޖެއެވެ. އައިޖީއެމްއެޗްއަށް ގެނައީ އުމުރުން 70 އަހަރުގެ ދުވަސްވީ މީހަކަށްވުމުން ކޮވިޑް-19 އެ މީހާގެ ހާލަތު ގާތުން ބަލަމުންދިޔައީ ސީރިއަސް ކޭސްއެއްގެ ގޮތުގައެވެ. ފުރަތަމަ ދުވަސްކޮޅު ކޮންމެވެސް ވަރަކަށް ހަށިގަނޑުން ނިއުމޯނިއާގެ އަސަރުތަކެއް ފެނުނުނަމަވެސް ފަހުން ބޭއްވި ޕްރެސްތަކުގައި ޑޮކްޓަރުން އައި އޭނާގެ ހާލު ރަނގަޅުވަމުން އަންނަކަން ފާހަގަކޮށްފައެވެ.

ލްތު މިނިސްޓަރު އަބްދުﷲ އަމީން ނޫސްވެރިންނާ ބައްދަލު ކުރައްވާ ވިދާޅުވީ ދެ މީހުންގެ އިތުރު ޓެސްޓްތަކެއް ހަދާފައިވާ ކަމަށާއި އެ ޓެސްޓްތަކުގެ ނަތީޖާ ދައްކާ ގޮތުން ދެ މީހުން ވެސް ކޮވިޑް-19 އަށް ނެގެޓިވްވެފައިވާ ކަމަށެވެ. އެހެންވެ، ޑަބްލިއުއެޗްއޯގެ ޕްރޮޓްކޯލްއާ އެއްގޮތަށް އެމީހުން ހޮސްޕިޓަލް ދޫކޮށްލައި ދެން އަމަލު ކުރާނެ ގޮތަށް ހަމަޖައްސަމުންދާ ކަމަށެވެ. އެ ދެ މީހުން އެއްކޮށް ދޫކޮށްލާނީ 14 ދުވަހު ކަރަންޓީނުކޮށް މޮނީޓާކުރުމަށްފަހު އެވެ.

ބަލިން ރަނގަޅުވި ކަމަށް ބަލަނީ ދެފަހަރަށް ޓެސްޓްކޮށް ނަތީޖާ ނެގެޓިވްވުމުންނެވެ. މި މަސައްކަތުގައި ހަރަކާތްތެރިވާ ހުރިހާ ސިއްހީ މާހިރުންގެ އުންމީދަކީދެން ފަރުވާދެމުންދާ މީހުން ވެސް ބަލިން ސަލާމަތްވުމެވެ. އެގޮތުން މިހާރު ވެސް އޭގެ ތެރެއިން ބައެއް މީހުންގެ ފުރަތަމަ ސާމްޕަލް ނެގެޓިވްވެފައި ހުރިއިރު، އިތުރު ޓެސްޓުތަކެއް ހެދުމުގެ މަސައްކަތް ދަނީ ކުރިޔަށެވެ.

ޕްރެސްގައި ބައިވެރިވެވަޑައިގެން އައިޖީއެމްއެޗްގެ ޑޮކްޓަރު މޫސަ ހުސެއިން ވިދާޅުވީ އަޅަމުންދާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމަށް އެދޭ ކަމަށެވެ.

މި ބައްޔާ ގުޅޭ އެއްވެސް މައުލޫމާތެއް ސަރުކާރުން ސިއްރު ނުކުރާނެ ކަމުގެ ޔަގީންކަން މިރޭ އަމީން ދެއްވިއިރު ޕްރެސްގައި ބައިވެރިވީ ޑޮކްޓަރުންވެސް ވަނީ އެބޭފުޅުންނަށް އިތުބާރު ކުރުމަށް އެދިވަޑައިގެންފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: