ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯއިން ވިއްކަމުންދާ ތެލުގެ އަގު ހެޔޮކޮށްފި

އެސްޓީއޯގެ މުވައްޒަފަކު ޚިދުމަތްދިނުމުގައި. ފޮޓޯ: ރާއްޖެއެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޓީއޯއިން ވިއްކަމުންދާ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފިއެވެ.

މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކާނީ، ކުރިން ޕެޓްރޯލް ވިއްކި އަގަށްވުރެ -/1.53 ރުފިޔާ އަގުހެޔޮކޮށް، -/8.07 ރުފިޔާއަށްކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކަމުންއައީ /-9.60 ރުފިޔާއަށެވެ.

މީގެ އިތުރުން، އެސްޓީއޯއިން ހާމަކުރިގޮތުގައި މީގެ ކުރިން، /-10.39 ރުފިޔާއަށް ވިއްކަމުންއައި ޑީސަލް ލީޓަރެއް ކުރިއަށްއޮތްތަނުގައި ވިއްކާނީ -/8.71 ރުފިޔާއަށް ކަމަށެވެ. މި އަގަކީ، ކުރިން ވިއްކަމުންއައި އަގާ އަޅައިބަލާއިރު -/1.68 ރުފިޔާ ހެޔޮ އަގެކެވެ.

މިއީ އެސްޓީއޯއިން ވިއްކަމުންދާ ތެލުގެ އަގު މި މަސްތެރޭގައި ހެޔޮކުރިތާ ދެވަނަފަހަރެވެ. މީގެ ކުރިން، މި މަހުގެ 13 ވަނަ ދުވަހު އެ ކުންފުނިންވަނީ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފައެވެ.

ދިވެހިރާއްޖެއަށް ފެތުރެމުންދާ ކޮރޯނާ ވައިރަހާއި ގުޅިގެން، އިޤުތިޞާދީގޮތުން އަޅާ ފިޔަވަޅުތައް ހާމަކުރުމުގެ ގޮތުން ވޭތުވެދިޔަ ބުރާސްފަތިދުވަހު ސަރުކާރުން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލްވެސް ވަނީ، ތެޔޮ އަގުހެޔޮ ކުރުމަށް ނިންމަވާފައިވާކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: