ކޮވިޑް-19 އެމަޖެންސީ ރިލީފް ފަންޑަށް ރާއްޖެއިން ދެ ލައްކަ ޑޮލަރު ހަދިޔާކުރަން ނިންމައިފިއެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަވަށްޓެރި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އިސްނެންގެވުމާއެކު އުފެއްދި ކޮވިޑް-19 އެމަޖެންސީ ރިލީފް ފަންޑަށް ދިވެހިރާއްޖެއިން މަރުހަބާ ކިޔާކަމަށެވެ.
މީގެ އިތުރުން ޝާހިދު ވިދާޅުވީ، އެ ފަންޑަށް ދެ ލައްކަ ޑޮލަރު ހަދިޔާ ކުރަން ސަރުކާރުން ނިންމާފައިވާކަމަށެވެ.
https://twitter.com/abdulla_shahid/status/1241072918747996160?s=20
ކޮވިޑް-19 އެމަޖެންސީ ރިލީފް ފަންޑަށް އިންޑިއެާއިން 10 މިލިއަން ޑޮލަރު ޖަމާކުރާނެކަމަށާއި، އެހެނިހެން ޤައުމުތަކުން ވެސް، އެ ފަންޑަށް ފައިސާ ޖަމާކުުރުމަށް އެދިވަޑައިގަންނަވާކަމަށް މޯދީވަނީ ވިދާޅުވެފައެވެ. މި ރިލީފް ފަންޑް އުފައްދަން މޯދީ ހުށަހަޅުއްވާފައިވަނީ، މި މަހުގެ 15 ވަނަ ދުވަހު ސާކު ޤައުމުތަކުގެ މެދުގައި ބޭއްވުނު ޓެލެކޮންފަރެންސްގައި ވާހަކަދައްކަވަމުންނެވެ.

